ޚަބަރު

ކޯވިޑް-19 : އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދިޔަ އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއީ އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިމީހާއަކީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެއައި ދިވެހިންގެ ތެރެއިން ޕޮޒިޓިވި މީހެކެވެ. އޭނާ ބަލިން ރަނގަޅުވުމާއެކު އިނގިރޭސިވިލާތުން އެނބުރިއައި ރާއްޖެއައި ދިވެހިންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ހުރިހާ ދިވެހިން ބަލިން ރަނގަޅުވީއެވެ.

އަދި ވެރިރަށް މާލެއިން ކޯވިޑް-19 ފެނުމުގެ ކުރިން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ރަނގަޅުނުވެ ހުރީ އެންމެ މީހެކެވެ. އެއީ ފިލިޕީންސްއިން އެނބުރި ރާއްޖެއަށް އައި ދިވެއްސެކެވެ. ކޯވިޑް-19އަށް ޕިޒިޓިވް މީހުންގެތެރެއިން 17 މީހަކު ރައްޖޭގައި ވަނީ މިހާތަނަށް ރަނގަޅުވެފައެވެ.