ބެޑްމިންޓަން

ބެޑްމިންޓަން ޓީމް އިވެންޓުން ރާއްޖެ މޮޅުވެއްޖެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ޓީމް އިވެންޓުން ރާއްޖެ
މޮޅުވެއްޖެއެވެ. މިއަދު ރީޔޫނިއަންއާ ވާދަކޮށް ރާއްޖެ މޮޅުވީ ތިން މެޗް ދެމެޗުންނެވެ. 

މިއަދު ކުޅުނު ފަސް މެޗްގެ ތެރެއިން މުހައްމަދު އަޖުފާން ރަޝީދު ސިންގަލްސް މެޗް ލޮއިކްއާ
ވާދަކޮށް ކާމިޔާބުކުރީ ދެސެޓް އެއް ސެޓުންނެވެ. އަޖުފާން ސެޓްތައް ހޯދީ ފުރަތަމަ ސެޓް ލޮއިކް 21-10އިން
ހޯދާފައިވަނިކޮށް  15-21 އަދި 14-21 އިންނެވެ. 

ދެވަނަ މެޗް ނަޝީއު ޝަރަފުއްދީން ހޯދީ ސީދާ ދެސެޓުން. 24-22 އަދި 21-16 އިން.
ތިންވަނަ މެޗުން ޝާރިމް ބަލިވީ 21-18 އަދި 21-7 އިންނެވެ. ހަތަރު ވަނަ މެޗް ރާއްޖޭގެ
ޑަބަލްސް ޕެއަރ ނަޝީއު ޝަރަފުއްދީނާ މުހައްމަދު ނަޝްފާން މޮޅުވީ ދެސެޓް އެއް
ސެޓުންނެވެ.



މެޗްގެ ސެޓްތައް ރާއްޖެ ހޯދީ 21-19، 16-21 އަދި
21-14އިން. ފަސްވަނަ މެޗް ރާއްޖޭގެ ޑަބަސް ޕެއަރ ޒަޔާން ޒަކީއާ ޝާރިމް ރަޝީދު ބަލިވީ
21-11 އަދި 21-14 އިންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިފަހަރު
މެޗްތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޤައުމެއް ކޮންމެ ޤައުމަކާ ވާދަކޮށް
އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށ ރަންމެޑަލް ލިބޭ ގޮތަށެވެ. މިއީ މިފަހަރު އަލަށް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތަޢާރަފްކޮށްފައިވާ ޤަވާއިދެކެވެ.