ކޯވިޑް-19އަށް ޕޮޒިޓިވްވި 3 މީހަކާއި ސީދާ ދިމާވި މީހުންގެ ބޮޑު ހަބެއް ފެނިފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
އެ ސެންޓަރުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް އަދި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ، ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޭސް ނަންބަރު 76، 77، 78 ގެ ކޮންޓްރެކްޓް ޓްރޭސްކުރުމުގެ ތެރެއިން ބޮޑު ދެ ހަބް ދެނެގަނެވިފައިވާކަމަށެވެ.
މިގެތެރެއިން އެއް ހަބްގައި ހިމެނެނީ ފަންސާސް މީހުންކަމަށާއި، ދެވަނަ ހަބްގައި 640 މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ކޭސް ނަންބަރު 76 އެއީ ދިވެއްސެކެވެ. އަދި ކޭސް 77 އަދި 78 އެއީ ބަނގްލަދޭޝްގެ ދެ މީހުންނެވެ.
ޑރ.އަފްޒަލް ވިދާޅުވީ، މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި އެމްއެންޑީފް މީހާއާވެސް ސީދާ ދިމާވެފައިވާ ގިނަ ޢަދަދެއްގެ މީހުން ދެނެގަނެވިފައިވާކަމަށެވެ. އެގޮތުން އޭނާއާއި ދިމާވި 41 މީހަކު ހޯދިފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކުރި ޢުމުރުން 81 އަހަރު މީހާއާއި ސީދާ ދިމާވި ވިހި މީހަކު ދެނެގަނެވިފައިވާކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. ًޢުމުރުން 80 އަހަރުގެ މި މީހާއަށްވެސް ބަލިޖެހުނީ ކޮންބައެއްގެ ފަރާތުންކަމެއް އެންއީއޯސީން ހާމަކުރައްވާފައެއްނުވެއެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނޭ ކޭސް ނަންބަރު 82 އެއީ ކުޑަ ކުއްޖެއްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ކޭސް 76 77 78 2 ހަބެއް ފެނިފައިވާކަމަށް. މިހަބްތަކުގައި ފަންސާސް މީހުންނާއި 640 މީހުން ހިމނެނޭ މިއީ ފުދޭވަރެއްގެ ބޮޑު ކޮންޓްރެކްޓް ހަބަކަށް ވެގެންދާނެއެވެ.