ޚަބަރު

ކޯވިޑް-19 : ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ


ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުްހޫރިއްޔާ ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:45 ގައެވެ. ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭގޮތުން ސަރުކާރުންދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިމަހުގެ 19 ވަނަ ދުވަހުންފެށިގެން މިމަހުގެ 26ގެ ނިޔަލަށް ސަރުކާރުވަނީ ބަންދުކޮށްފައެވެ. ކޯވިޑް 19 ފެތުރުނަ ނުދީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުޔަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ވަގުތުގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވެ އަމަލުކުރުމަަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ.

މިހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ އެއްވެސް ޚިދުމަތެއް ހުއްޓުމެއްނެތި ދެމުންދާނެކަމަށް ނޭޝަނަލް އެޖެންސީ ސެންޓަރަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކަނޑައާޅފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.