ޚަބަރު

އާ ނައިބު ރައީސަށް މަރުޙަބާ ކިޔުމަށް ބޮޑު ސައިކަލް ބުރެއް


ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އަހުމަދު އަދީބު އައްޔަން ކުރެއްވުމާއި އެމަނިކުފާނަށް މަރުޙަބާ ކިޔުމަށާއި، އުފާ ފާޅުކުރުމުގެ ގޮތުން  މާދަމާ ހަވީރު ޒުވާނުންގެ ސައިކަލް ބުރެއް ބޭއްވުމަށް އަދީބުގެ ސަޕޯޓަރުން ނިންމައިިފިއެވެ. މި ސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމް ޒުވާނުންގެ ގްރޫޕުން ބުނީ، އުފާ ފާޅުކުރުމުގެ ރަސްމީ ހަރަކާތް މިއަދު ނުބޭއްވުނީ މޫސުން ގޯސް ވުމުގެ ސަބަބުން ކަމަށެވެ. ސައިކަލް ބުރު ފެށޭނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ސޯޝަލް ސެންޓަރ ކައިރިން ކަމަށްވެސް ޓީމް ޒުވާނުންގެ ގްރޫޕުން މައުލޫމާތުދެއެވެ.