ދުނިޔެ

ދެކުނު ކޮރެއާއިން އުތުރު ކޮރެއާއާއި އެކު ގުޅުން ބަދަހި ކުރަނީ


އުތުރުކޮރެޔާއާއެކު ގުޅުންތައް ރަނގަނޅުކުރުމުގެ ވާހަކަތައް ފަށަން ތައްޔާރަށް އޮތްކަން ދެކުނު ކޮރެޔާއިން ހާމަކޮށްފިއެވެ.ދެކޮރެޔާގެ އެއްބައިވަންތަކަމާބެހޭ ދެކުނު ކޮރެޔާގެ ވަޒީރު ހުންގް ޔުންގް ބިޔޫ ވިދާޅުވީ ދެކޮރެޔާގެ ރައްޔިތުންނަކީ އެއްބަނޑު އެއްބަފާ ބައެއްކަމަށާ އުތުރުކޮރެޔާއާއެކު ގުޅުންތައް ރަނގަނޅުކުރުމަކީ އުޚުއްވަތްތެރިކަމުގެ ގުޅުމުގައި ތަބީއީ ކަމެއް ކަމަށެވެ. އަދި އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަކީ ދެކޮރެޔާގެ ގުޅުންތައް ރަނގަނޅުކުރުމުގެ ވާހަކަތައް އަލުން ފެށުމުގެ ޝަރުތެއްނޫންކަމަށްވެސް ޔުންގް ބިޔޫ ވިދާޅުވިއެވެ.ނަމަވެސް އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަކީ އުތުރުކޮރެޔާގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ދެކުނުކޮރެޔާގެ ހިލޭ އެހީތައް ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ދެކުނު ކޮރެޔާގެ ވަޒީރު ވިދާޅުވިއެވެ.