ޚަބަރު

އެޑިއުކޭޝަން މިނިސްޓަރުގެ ޖަވާބުތަކަށް "އޭ ސްޓަރ"


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އާއި މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވާފައިވަނީ " އޭ ސްޓަރ" ދޭން ޖެހޭވަރުގެ ޖަވާބުތަކެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުކުރީ ޓީޗަރުންގެ މުސާރަތަކަށް ބަދަލު ގެންނާނެ އިރެއް ސާފުކުރުމުގެ ގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުالله، ހުށައެޅުއްވުމުންނެވެ. މިއަދުގެ ސުވާލުގެ މައުޟޫއިން ބޭރުން މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ޖަވާބުދެއްވާފައެވެ.

މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ ވަރަށް ފަރިތަކަމާއިއެކު ކޮންމެ ސުވާލަކަށްވެސް ވަރަށް ތަފްސީލުކޮށް މިނިސްޓަރ ޖަވާބުދެއްވާފައިވާކަމަށެވެ. އަދި އެކަމާ ނުހަނު އުފާކުރައްވާކަމަށާއި މިނިސްޓަރަށް މަޖިލީހުން އޭ ސްޓަރ އަރުވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޒީރުންނާއި ސުވާލުކުރުމަށް ލިބޭ ފުރުސަތުގައި ބައެއް ވަޒީރުން ވަރަށް ނުފަރިތަ ގޮތަކަށް އުޅުއްވާކަމަށް މަޖިލިސް ރައީސްވަނީީ ކުރިން ވިދާޅުވެފައެވެ. 14 ދުވަހުގެ ނޯޓިސްއަކަށްފަހު މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަޑައިގަންނަވާ ވަޒީރަކު ތައްޔާރުނުވެ އައުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް އެންވާރުމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން މަޖިލީހަށް ހާޒިރުކުރެއްވި ދުވަހު މަޖިލިސް ރައީސްވަނީ ވިދާޅުވެފައެވެ.