އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރ ކެރޮން ރޮސްލަރ އާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކޮހޮނަ ވަލަވޭ ނިމާލް ދަރްމަ ކީރްތި ކަރުނަ ރަތުނަ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި ވަކިވަކުން ބޭއްވި މިބައްދަލުކުރެއްވުންތަކުގައި މިނިސްޓަރ ޝާހިދު ވަނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް ސަފީރުކަމާއި ހަވާލުވެވަޑައިގަތުމުންނާއި އަދި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވުމާއި ގުޅިގެން އެޤައުމުގެ ސަފީރަށް މަރުޙަބާ ދަންނަވާފައެވެ.
އަދި ސަފީރު ރޮސްލަރގެ ދައުރުގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިހާރުވެސް އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވައި، ޓެރަރިޒަމް ހުއްޓުވުމާއި، އޭވިއޭޝަން ސެކިއުރިޓީއާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ދާއިރާ ފަދަ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާ ސަފީރަށް މަރުޙަބާ ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު ވަނީ ސަފީރަށް ދެއްވާފައެވެ.

މީގެ އިތުރުން ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖުއާނާ އެލީނާވެސް ވަނީ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދްއާ ބައްދަލުކުރައްވާފައެެވެ. މިބައްދަލުވުމުގައި ރާއްޖެއާ ކިއުބާއާދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.