ދުނިޔެ

ޗައިނާއިން އެކްސްޕޯޓް ކުރި ނިސްބަތް މެއި މަހު %2.8 ދަށަށް ގޮސްފި


ޗައިނާއިން އެކްސްޕޯޓް ކުރި ނިސްބަތް މިއަހަރުގެ މެއި މަހު 2.8 އިންސައްތައަށް ދަށަށް ގޮސްފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.މީގެ އިތުރުން މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު މިއަހަރުގެ މިމުއްދަތުގައި އިމްޕޯޓްކުރި ނިސްބަތްވެސް ވަނީ 18.1 އިންސައްތައަށް ދަށަށް ގޮސްފައެވެ.ޗައިނާގެ ކަސްޓަމްސް އޮފީހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި އެއްއަހަރުގެ ތެރޭގައި އެޤައުމުން ބޭރު ޤައުމުތަކާއެކު ކުރި ވިޔަފާރީގެ ނިސްބަތް ވަނީ 9.7 އިންސައްތައަށް ދަށަށް ގޮސްފައެވެ.