ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތަޢުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރަކުން ބަންދު ނުކުރާނެ ކަމަށެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ހިންގުން މެދުކަނޑާ ނުލައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން، ރާއްޖޭގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީ އެއްކޮށްލައިގެން އެއް ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގުމާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މެންބަރުންގެ މި ވާހަކަތަކާ ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު މިކަމަށް ފާޑު ކިޔާފައިވެއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތަޢުރީފް ކުރަމުންނެވެ.