ކުޅިވަރު

ދިއްދޫ ކައުންސިލް ފުޓްސަލް މުބަރާތުގެ ހަމަ ނުޖެހުން ހިންގި ދެ ޓީމް ޖޫރިމަނާކޮށްފި


ދިއްދޫ ކައުންސިލް ފުޓްސަލް މުބާތާރުގައި ރޭ ކުޅުނު ދެ ޓީމްކަމަށްވާ ވަންތަޅާ އަދި ބުލެކް ޒީނޯ ޖޫރިމަނާ ކޮށްފިއެވެ.

ދެ ޓީމް ޖޫރިމަނާ ކުރީ ކައުންސިލް ކަޕްގައި ރޭ ކުޅުނު މެޗުގައި ހަމަނުޖެހުން ހިނގައި ދެ ޓީމްގެ ކުޅުންތެރިން ދަނޑަށް ގެއްލުންދީފައިވާތީއެވެ.

ކައުންސިލުން ބުނީ މި ދެޓީމްގެވެސް ދަނޑުމަތީ ހަމަ ނުޖެހުން ހިންގި ކުޅުން ތެރިންނާއި ކޯޗުން ކުރިޔަށް ހުރި މެޗުތަކަށް ސަސްޕެންޑްކޮށްފަ ކަމަށެވެ. ބައެއް ފަރާތްތަކަށް ވަނީ ކައުންސިލުން މިއަހަރު ހިންގާ ފުޓްސަލް އަދި ފުޓްބޯޅަ މުބާރާތެއްގެ އޮފިޝަލެއް ނުވަތަ ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރި ނުވެވޭގޮތައް މުބާރާތުގެ ޓެކްނިކަލް ކޮމެޓީއާއި ރެފްރީންގެ ކޮމެޓީން ނިންމާފައެވެ.

ކައުންސިލުގެ ރައީސް އަހުމަދު ހާސިމް ވިދާޅުވީ ރޭ ހިނގައިދިޔަ ހަމަ ނުޖެހުންތަކުގައި ދަނޑަށް ގެއްލުން ތަކެއް ލިބިފައިވާކަމަށާއި ދަނޑަށް ލިބުން ގެއްލުންތައް ރަނގަޅުކޮށް މާދަމާ ބާކީ ނުކުޅެހުރި މެޗުތަކުގެ ކުޅުން ފަށާނެކަމަށެވެ. އަދި ރޭގަ ނުކުޅެވި ނިންމާލި މެޗުގެ ބާކީ އޮތް ހަތް މިނެޓްގެ ކުޅުން މާދަމާ ހަވީރު ކުޅެވޭނެކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.