އޭއެފްސީގެ ކުލަބް ލައިސަންސް އެންޑް ރެގިއުލޭޝަންއަށް ނުފެތޭ ކުލަބްއަކަށް މިއަހަރުގެ ފުރަތަމަ ޑިވިޝަންގައި ބައިވެރިނުވެވޭނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
މިއަހަރުގެ އޭއެފްސީ ކަޕްއިން ރާއްޖޭގެ ޓީމްތަކަށް ޖަގަ ނުލިބުނީ އޭއެފްސީގެ ކުލަބް ލައިސަންސް އެންޑް ރެގިއުލޭޝަންއަށް ކުލަބްތަށް ނުފެތުނީމައެވެ. މިއީ ރާއްޖޭގެ ކުލަބްތަކަށް ވަރަށް ކުރީ ސުރެއް ދިމާވަމުން އަންނަ މައްސަލައެކެވެ. މިމައްސަލަ ހައްލުކުރުމަށް މިހާރު އެފްއޭއެމްއިންވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހުގައި ފަށާއިރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބްތަކަށް އޭއެފްސީގެ ކުލަބް ލައިސަންސް އެންޑް ރެގިއުލޭޝަންގެ މިންގަނޑުތަށް ފުރިހަމަ ކުރުމަށް އަންގާފައެވެ.
ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖް ވިދާޅުވީ އޭއެފްސީގެ ކުލަބް ލައިސަންސް އެންޑް ރެގިއުލޭޝަން މިންގަނޑުތަށް މިހާރު ފުރަތަމަ ޑިވިޝަންގެ ކުލަބްތަށް ފުރިހަމަ ކުރަންޖެހޭނެކަމަށާއި މިއީ ވަރަށް ކުރީ ސުރެއްވެސް ކުލަބްތަކުން ކުރަން އުދަގޫވެފައިވާކަމެއްކަމަށް ބައްސާމް ވިދާޅުވިއެވެ.
މިމިންގަނޑުތަށް ފުރިހަމަ ކުރުމަށް ކުލަބްތަކަށް އެންމެ ބޯޑު ޝަކުވާއަކަށްވެފައިވަނީ މިންގަނޑުގެ ބައެއް ކަންތަށްތަށް ފުރިހަމަކުރުމަށް ބޮޑެތި ހަރަތުތަށް ކުރަންޖެހޭތީކަމަށް ބައްސާމް ވިދާޅުވިއެވެ.
އޭއެފްސީ ކުލަބް ލައިސަންސް އެންޑް ރެގިއުލޭޝަންގެ އެންމެ ބޮޑު ހަރަދެއް ހިގަނީ ކުޅުންތެރިން އިންޝިއުރެންސް ކުރުމާއި މެޑިކަލްގއ ކަންތަށްތަކުގެ އިތުރުން ފައިނޭޝަލް އޮޑިޓްގެ ކަންތަށްތަކަށެވެ.
މިއަހަރު އެފްއޭއެމްގެ ކުލަބް ލައިސަންސް ޑިޕާޓްމަންޓްއިން ކޮންމެ ކުލަބްއަކާއި ވަކިވަކިން ބައްދަލުކޮށް އެކުލަބްތަށް ކުރަންޖެހޭ ކަންތަށްތަކާއި ފުރިހަކަ ކުރަންޖެހޭ ކަންތަށްތަށްވެސް އަންގާނެކަމަށް ބައްސާމް ވިދާޅުވިއެވެ.
މިއަހަރުގެ އޭއެފްސީ ކަޕްއިން ރާއްޖޭގެ ޓީމްތަކަށް ފުރުސަތު ގެއްލިގެން ދިއުމުން މިހާރު މިކަމުގެ މުހިންމުކަން ކުލަބްތަކަށްވެސް ވަރަށް ރަގަނޅަށް އެގޭނެކަމަށާއި، ފުރަތަމަ އަހަރު އޭއެފްސީ ކުލަބް ލައިސަންސް އެންޑް ރެގިއުލޭޝަންގެ މިންގަނޑުތަކަށް ފުރިހަމަ ކުރުމަށް އުދަގޫތަކެއް ހުންނާނެކަމަށާއި، އެކަމަށްވެސް އެފްއޭއެމްއިން ހައްލުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރާކަމަށް ބައްސާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދިޔަ އެކްޒެކެޓިކް ކޮމެޓީގައި ނިންމައިފިން، އޮޑިޓް ކުރާނީ އެފްއޭއެމްގެ އޮޑިޓަރުން ލައްވާ، ކުލަބްތަށް އޮޑީޓް ކުރުމާއި އެކަމަށް ދާ ހަރަދު ނަގާނީ އެފްއޭމްއިން. ދެން މިއާއެކު އަޅުގަނޑުމެންގެ މެޑިކަޕް ޑިޕާޓްމަންޓްއަށް ހަވާލް ކުރެވިގެންދިޔައީ ރާއްޖޭގެ ހުރި ހޮސްޕިޓަލްތަށް މެދުވެރިކޮށް އެންމެ ފާސެހައިން އެކަން ކުރެވޭނެ ހޮސްޕިޓަލްއެއް ބަލާ އަދި ހޮސްޕިޓަލްގައި މެޑިކަލްގެ ހެދޭނެ ޕެކޭޖްތަކުގެ މަޢުލުމާތު ހޯދުމަށް. އެފްއޭއެމްގެ ސީނިއަރ ވައިސް ޕްރެޒިޓެންޓް އަހުމަދު ޝަކީބްގެ ދަށުން މިހާރު އެފްއޭއެމްއިން ދަނީ އެމަސައްކަތް ކުރަމުން. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ދެތިން ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުލަބްތަށް އުފާވާކަހަލަ ހަބަރެއް ދެވޭނެހެން އަޅުގަނޑަށް ހީވަނީ. ދަންކޮޅެއް ލުއިގޮތްކަމަށް ހަބަރުތަށް ހެދިގެންދާނެ ގޮތްތަކެއް މިބަލަނީ. މިއީ މައިގަނޑު ދެ ކަމަކީ، ރެގިއުލޭޝަންއަށް ބަލާއިރުވެސް މިއީ މައިގަނޑު ދެ ކަމަކީ. މިދެކަމަށް އަޅުގަނޑުމެންގެ އެހީތެރިކަން ކުލަބްތަކަށް ލިބެިގެންދާނެ.