ފިޒިކަލް އިންސްޓްރަކްޓަރުން ތަމްރީން ކުރާ މާސްޓަރ ކުލާސް ޕްރޮގްރާމެއް އިވޯވް ޖިމުން ފަށައިފިއެވެ. ތިއަރީ ބައިތައް އޮންލައިކޮށް އަދި ޕްރެކްޓިކަލް ބައިތަށް މާލޭގައި ކުރިއަށްގެންދާ މިމާސްޓަރ ކުލާސް ޕްރޮގްރާމް ކުރިއަށްދަނީ ޔޫރަޕިން އިންސްޓްޓިއުޓް އޮފް ފިޓްނަސްއާއި ގުޅިގެންނެވެ. މިޕްރޮގްރާމްއާއި ބެހޭގޮތުން ވާހަކަދައްކަމުން ޔޫރަޕިން އިންސްޓްޓިއުޓް އޮފް ފިޓްނަސްގެ ޓްރެއިނާރ ޑަރައިން ޓެބްނަމް ބުނީ މި ޕްރޮގްރާމަކީ ދިރިއުޅުމުގައި ދުޅަހެޔޮ ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށް ކުރަންޖެހޭ ކަސްތަރުތަކާއި ބެހޭގޮތުން ފިޒިކަލް އިންސްޓްރަކްޓަރުން ތަމްރީން ކުރާ ޕްރޮގްރާމެއްކަމަށެވެ. އޭގެ ތެރޭގައި ބޮކްސިންގް، ނިއުޓްރިޝަން ޓްރެއިނިން، ސްޓްރެސް މެނޭޖްމަންޓް އަދި އާންމު ދިރިއުޅުމުގައި ކަސްރަތު ބޭނުންވާ މިންވަރާ، ކަސްތަރު ކުރަންޖެހޭ ވަރުވެސް މިޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ކިޔައިދިނުމަށް ހަމަޖެހިފައިވާކަމަށް ޑަރައިން ބުނެފިއެވެ. މިޕްރޮގްރާމުން ތަމްރީންވާ އިންސްޓްރަކްޓަރުންނަށް ޕްރޮފެޝަނަލް ލެވެލްއެއްގައި ބައިވެރިން ތަމްރީން ކުރަން އެގޭނެކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަންތަށްތަށްވެސް މިޕްރޮގްރާމްގެ ތެރެއިން އިންސްޓަރަކްޓަރުންނަށް ކިޔައިދޭނެކަމަށް ޑަރައިން ޓެބްނަމް ބުނެފިއެވެ.
"މިމާސްޓާސް ޕްރޮގްރާމްގެ އެންމެ މުހިންމުކަމަކަށް އަހަރެން ދެކެނީ މީގެ ޕްރޮފެޝަނަލްކަން. ބިޒްނަސް ވައިސްކޮށް ބެލިނަމަވެސް މިއީ ވަރަށް މުހިންމު ޕްރޮގްރާމްއެއް. އަޅުގަނޑުމެން މިޕްރޮގްރާމްގެ ތެރެއިން އިސްޓްރަކްޓަރުންނަށް ވަރަށް ގިނަ ބައިތަށް ކިޔައިދެވޭނެ. ހާއްސަކޮށް ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ވަކިވަކިން އަދި ހަށިގަނޑުގެ މަސްތަކަށް އަންނަ ބަދަލްއާއި ކަދސްރަތު ކުރުމުން މަސްތަކަށް ވާ ގޮތްވެސް މިޕްރޮގްރާމްގައި ވަރަށް ތަފްސީލްކޮށް ކިޔައިދޭނެ" ޑަރައިން ޓެބްނަމް ބުންޏެވެ.
ޔޫރަޕިން އިންސްޓްޓިއުޓް އޮފް ފިޓްނަސްއަކީ 2005ވަނަ އަހަރުން ފެށިގެން ފިޒިކަލް އިންސްޓްރަކްޓަރުން ތަމްރީން ކުރަމުން އަންނަ އިންސްޓިޓުއުޓެކެވެ. މިހާތަނަށް އެކިގައުމްތަކުން 3000ހަށް ވުރެއް ގިނަ ބައިވެރިންނަށް މިއިންސްޓިޓިއުޓުން ތަމްރީންވެފައިވެއެވެ.
މިޕްރޮގްރާމްގެ ބައިވެރިއެއްކަމަށްވާ އަދި އިވޯވް ޖިމްގެ ފިޒިކަލް އިސްޓްރަކްޓަރެއްކަމަށްވާ މަރިޔަމް ނަސްރާ ނިޔާޒު ބުނީ މިޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއެއް ވެގެންދާނީ ބައިނަލްލަގްވާމީ ފެންވަރުގައި ބަލައިގަންނަ މާސްޓަރ ޓްރެއިނަރުންނަށްށެވެ. ނަސްރާ ބުނީ ކުރިން ހެދި ޕްރިގްރާމްތަކަށް ވުރެއްބޮޑަށް މިޕްރޮގްރާމްގައި ވަރަށް ތަފްސީލްކޮށް ކައިޔައިދޭކަމަށާއި ކަސްރަތު ކުރުމުން ހަށިގަނޑުގެ ކޮންމެ މަސްގަނޑަކަށް އަންނަ ބަދަލްތަށް ވަކިވަކިން ކިޔައިދޭކަމަށެވެ. އަދި މިޕްރިގްރާމަށްފަހު ޓްރެއިނަރުން އެކިއެކި ބައިތަކަށް ހާއްސަވެގެންދާނެކަމަށްވެސް ނަސްރާ ބުނިފިއެވެ.
"މިއީ ވަރަށް މުހިންމު ޕްރޮގްރާމްއެއް އެންމެ ފުރަތަމަ މާސްޓަރސް ޕްރޮގްރާމްއެއްކަން ފާހަގަކޮށްލަން. މިޕްރޮގްރާމް ނިމޭއިރު، ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ބައިވެރިއެއްވާނީ މާސްޓަރ ޓްރެއިނަރަކަށް. މިޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، ބައިވެރިންގެތަށް އެކިއެކި ކަންކަމަށް ހާއްސަވެގެންދާނެ. ބައެއް އިސްޓްރަކްޓަރުން މާބަނޑު އަންހެނުންނަށް، ބައެއް އިންސްޓްރަކްޓަރުން ކުޑަކުދިންނަށް އަދި ބައެއް އިސްޓްރަކްޓަރުން އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކިބަލިތަކަށް ފަރުވާ ކުރާ މީހުންނަށްވެސް ހާއްސަވެގެންދާނެ. މިއީ އިވޯވް ޖިމްއަށް ލިބިގެންދާ ވަރަށް ހާއްސަކަމެއް. މަރިޔަމް ނަސްރާ ނިޔާޒު ބުންޏެވެ.