ސްޕޯޓްސް ކޮމިޝަނާކަމުން އަލީ އުމަރު ވަކިކޮށްފިއެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންޔާ ވަކިކުރިކަން އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ ކުޅިވަރު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓްއަކުން. މަހުލޫފް ޓްވީޓްކޮށްފައިވާއިރު އެމްއެމްއެމްޕީއާރްސީގެ ހިޔާނަތުގެ ތުހުމަތެއް މަހުލޫފު މިވަގުތު ހުރީ ގޭގައި މަޑުކުރަން އަންގާފައެވެ. އަދި މިހާރު ޔޫތް މިނިސްޓްރީ ހިންގެވުމާއި ހަވާލްވެގެން ހުރީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ. މިކަން ޔޫތް މިނިސޓްރީގެ މިނިސްޓަރ ބިއުރޯއިންވަނީ ކަށަވަރުކޮށްދީފައެވެ. އެބިއުރޯއަށް އަލީ އުމަރު ވަކިކޮށްފައިވާކަން އަންގާފައިވާކަމަށާއި އެކަން މިހާރު އަލީ އުމަރުއަށްވެސް އަންގާފައިވާކަމަށް ޔޫތް މިނިސްޓްރީގެ މިނިސްޓަރ ބިއުރޯއިން މަޢުލުމާތު ދީފައިވެއެވެ.
ސްޕޯޓްސް ކޮމިޝަނާ ކަމުގެ މަގާމްއިން އަލީ އުމަރު ވަކިކޮށްފައިވާއިރު، ޔޫތް މިނިސްޓްރީއާއި އެފްއޭއެމްގެ ދެމެދުގައިވަނީ ހިޔާލުތަފާތުންތަކެއް އުފެދިފައެވެ. އަލީ އުމަރުއަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި އަލީ އުމަރުއަކީ ބައްސާމް އަދީލް ޖަލީލްގެ ވަރަށް ގާތް ފަރާތެކެވެ.
ސްޕޯޓްސް ކޮމިޝަނާގެ އޮފީހަކީ 2015ވަނަ އަހަރު ކުޅިވަރުގެ ގާނޫނުގެ ދަށުން ރައިސްލުޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ. ކުޅިވަރުގެ ގާނޫންގައި ވާގޮތުން ސްޕޯޓްސް ކޮމިޝަނާރއަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބްތަކުގެ މަސައްކަތް ބަލަހައްޓާ ފަރާތްތެކެވެ. މިގާނޫނުގެ ދަށުން އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަރަނަކަށް ހަމަޖައްސާފައިވަނީ އަހުމަދު ނާޝިދު (ޑޭވް)އެވެ. 2017ވަނަ އަހަރުގެ ޑިސެންބަރު މަހު ޑޭވް އިސްތިއުފާ ދިނުމަށްފަހު އަލީ އުމަރު އެމަގާމްއަށް ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައިއެވެ. 14 އަހަރު ވަންދެން ގައުމީ ޓީމްއަށް ކުޅެފައިވާ އަލީ އުމަރު ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2013ވަނަ އަހަރުއެވެ. 2008އަށްވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދަށި ހޯދިއިރު އަލީ އުމަރުއަކީ އެޓީމްގެ މުހިންމު ކުޅުންތެރިއެކެވެ، އަދި 2013ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އޭއެފްސީ ކަޕްގެ ކުއާޓަރ ފައިނަލްއަށް ދަތުރުކުރި އިރުވެސް އަލީ އުމަރުއަކީ އެޓީމްގެ މުހިންމު ކުޅުންތެރިއެކެވެ.