ކުޅިވަރު

ކްރިކެޓްގެ ކޮލެޖް ޔުނިވާސިޓީ މުބާރާތް މިއަހަރު ބާއްވަނީ!


މިއަހަރު އަލަށް ކޮލެޖް ޔުނިވާސިޓީ ކްރިކެޓް ކަޕް ބޭއްވުމަށް ނިންމައިފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ އިންޓަރ ސްކޫލްގައި ވަރަށް މޮޅަށް ކުޅުމަށްފަހު، ސްކޫލް ނިންމާފަ ކުޅުންތެރިން ކޮލެޖް ނުވަތަ ޔުނިވާސިޓީއަށް ދިއުމަށްފަހު އެ ކުޅުންތެރިން ކުޅެވޭނެ މުބާރާތެއް ނެތުމުން އެކުޅުންތެރިން ގެއްލޭތަން ފެނިފައިވާކަމަށެވެ

އެއްވެސް ކުޅުންތެރިއަކު ނުގެއްލި އަބަދުވެސް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މިއަހަރު ތައާރަފް ކުރި ކޮލެޖް ޔުނިވާސިޓީ މުބަރާތަކީ ވަރަށް ކާމިޔާބު މުބާރާތަކަށްވާނެކަމަށް އުއްމީދުކުރައްވާކަމަށް އަފްލާޙު ވިދާޅުވިއެވެ.

"މިއީ އަސްލުގައި ވަރަށް މުހިންމު މުބާރާތެއް. ކޮލެޖް ޔުނިވާސިޓީއަށް ކުދިން ދިޔައީމަށް އެކުދިން ކުޅިވަރުން ގެއްލެނީ. މިހާރު މިވީ ގޮތުން ޔުނިވާސިޓީ އަދި ކޮލެޖްއަށްވެސް ކުދިން ދިއުމުން އެކުދިންނަށްވެސް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މުޅިން އާ ދާއިރާއަކުން ކްރިކެޓް އެކްސްޕްލޯ ކޮށްލަން މިފުރުސަތު ލިބިގެންދިޔައީ"