ތަޢުލީމު

މަންދު ކޮލެޖަށް ނޯޓިސްދިނީ ކޮންޓްރެކްޓަރ އެއްގޮތަށް- މިނިސްޓްރީ


ކުރީގެ އެމް.އީ.އެސް ހިންގި އިމާރާތް ފަނަރަ ދުވަހުގެ ތެރޭގައި ހުސްކުރުމަށް މަންދު ކޮލެޖް ހިންގާ ފަރާތައް ދީފައިވާ ނޯޓިސްއަކީ ހެދިފައިހުރި ކޮންޓްރެކްޓް ތަކާއި އެއްގޮތަށް ދިން ނޯޓިސްއެއްކަމަށާއި، ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އެ އިމާރާތުން މަންދު ކޮލެޖް ބޭރުކުރަން މަސައްކަތެއް ނުކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ކުރީގެ އެމް.އީ.އެސް ހުރި އިމާރާތުން މަންދުކޮލެޖް ނުކުންނަންޖެހޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް މަންދުކޮލެޖްގެ ޗެއަރމަން އިބްރާހީމް އިސްމާއީލް ވިދާޅުވެފައިވާއިރު މިކަމާގުޅިގެން އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު ވިދާޅުވީ، މަންދުކޮލެޖް ހިންގާ ފަރާތަށް ނޯޓިސް ދީފައިވަނީ ހެދިފައިވާ އެގްރީމަންޓުންގައިވާ ކަންކަމަށް ބަލައި ދައުލަތުގެ ބަނޑާރަނައިބްގެ ލަފާފުޅުގެ މަތީން ކަމަށެވެ.މިމައްސަލައަކީ، މަންދުކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކާއި މަސްލަހަތު ހިމެނޭ ކަމަކަށްވާތީ މާލޭ ހައި ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެގްރީމެންޓްގެ ބޭރުން މަންދުކޮލެޖްގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށް ދައުވަތުދީފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. ނަމަވެސް މިމަޝްވަރާތަކާބެހޭ ގޮތުން މަންދޮކޮލެޖުން އަދި ވަކި ޖަވާބެއްނުދޭކަމަށް އެޑިއުކޭޝަނުންވަނީ ބުނެފައެވެ.މަންދުކޮލެޖްގެ ޗެއަރމަން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި އެކު މަޝްވަރާކުރަންބޭނުންވަނީ އެމްއީއެސްގެ މަސްއޫލުވެރިންނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ނޯޓިސްއާއި އެއްގޮތަށް އަމަލުކުރެވެން ނެތްކަމަށްވެސް ބުނެފައިވެއެވެ.