ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ހެކަތޯން "އޭންޖަލް ހެކް" 50 ވުރެ ގިނަ ބައިވެރިންނާއި އެކު ރާއްޖޭގައި ފަށައިފިއެވެ. "އޭންޖެލް ހެކް މޯލްޑިވްސް"ގެ ނަމުގައި ކުރިއަށްދާ މި ހެކަތަންއަކީ ދިރާގާއި "ސްޕާރކް ހަބް" ގުޅިގެން ބާއްވާ ހެކަތަންއެކެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ހެކަތަންއަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޒުވާނުން ކުރިއަރުވައި އަމިއްލަ ވިޔަފާރިތައް ފެށުމަށް ބާރުވެރިކުރުމުގެ ބޭނުމުގައި ބާއްވާ ހެކަތަންއެކެވެ.
ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ ހެކަތަންއެއް އިންތިޒާމުކުރުމަކީ ދިރާގަށް ލިބޭ ފަޙުރެއްކަމަށާއި އަދި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ޒުވާނުން އުފެއްދުންތެރި ޤާބިލް ބަޔަކަށް ވެގެންދާނެކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާޤުގެ ސީއެސްއާރް ޕްރޮގްރާމުގެ މައިގަނޑު އެއް އަސާސުކަމަށާއި މިފަދަ ޕްރޮގްރާމެއްގެ ޒަރިއްޔާއިން ޒުވާނުންނަށް އިތުރު ހުނަރާއި ތަޖުރިބާ ލިބިގެންދާނެކަމަށްވެސް ރަޝީދު ފާހަގަކުރެއްވިއެވެ.
މި ހެކަތަންއާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އޭންޖެލް ހެކްގެ ރީޖަނަލް މެނޭޖަރ ރަތީޝް ނަރަޔާނަމް ވިދާޅުވީ މީގެ ސަބަބުން ޒުވާނުންނަށް އާ ކަންކަން ތަޖުރިބާކުރެވި އާ ހުނަރު ދަސްކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ވަކީން ޚާއްސަކޮށް އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް މި ހެކަތަން ވެގެންދާނީ ވަރަށް ފައިދާހުރި ހެކަތަންއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ބާއްވާ މި ހެކަތަންގައި 50 ޒުވާނުން ބައިވެރިވެފައިވެއެވެ. އަދި ވަކިވަކި ބައިވެރިންނަށާއި 5 ބައިވެރިންގެ ޓީމުތަކަށްވެސް މިހެކަތަންގައި ބައިވެރިވެވޭނެއެވެ. މިހެކަތަންގައި ބައިވެރިންގެ ފަރާތުން ތަފާތު ޙިޔާލުތައް ހުށަހެޅިގެންދާއިރު ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އެކި ސޮފްޓްވެއާތައް ބޭނުންކޮށްގެން އުފެއްދުންތެރި ކަންކަން ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އޭންޖެލްހެކްއިން ބުނެއެވެ.
މި ހެކެތަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް އެމެރިކާގެ ސެން ފްރެންސިސްކޯގައި އޮންނަ އޭންޖެލް ހެކްސެލެރޭޓަރ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭންޖެލް ހެކްސެލެރޭޓަރ ޕްރޮގްރާމަކީ 12 ހަފްތާ ވަންދެން ސެން ފްރެންސިސްކޯގައި ކުރިއަށްދާނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އޭންޖެލް ހެކްގެ ގްލޯބަލް ހެކެތަން ސީރީސް އިން ހޮވާލެވޭ މަޝްރޫއުތަކަށް މަޝްވަރާކޮށް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އޭންޖެލް ހެކްއިން ބުނެއެވެ..
އޭންޖެލް ހެކަކީ 2011 ވަނަ އަހަރު ސެން ފްރެންސިސްކޯގައި އުފެއްދި ގްލޯބަލް ހެކަތަން އޯގަނައިޒޭޝަންއެކެވެ. ފާއިތުވި އަހަރުތަކުގައި މި އޯރގަނައިޒޭޝަން ފުޅާވެ މިހާރު 150 އަށްވުރެ ގިނަ ޤައުމުތަކުގައި މި ޕްރޮގްރާމު ބާއްޥާފައިވެއެވެ. މިފަހަރުގެ ހެކަތަންގައިވެސް 60 ސިޓީއަކުން 60 ޓީމް ބައިވެރިވެފައިވެއެވެ. އަދި 4 މަސް ދުވަހުގެ ތެރޭ 300 ހެކަތަންސް އިންތިޒާމުކޮށް ބާއްވާނެކަމަށްވެސް އޭންޖެލް ހެކްއިން ބުނެއެވެ.