ޚަބަރު

ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތަށް ބަދަލު ގެނެސްފި


މާލޭގެ މަގުތަކުގައި ދުވާލު ގަޑީގައި މުދާ ނުއުފުލޭ ގޮތަށް އޮތް އޮތުމަށް ބަދަލުތަކެއް ގެނެސް ކުދ ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭގޮތަށް ބަދަލު ގެނެސްފިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިއަދުން ފެށިގެން 350 ކިލޯއަށްވުރެ މަދު މަދުން މުދާ އުފުލޭ ޕިކަމުތަކުގައި ދުވާލުގެ ވަގުތުތަކުގައިވެސް މުދާ އުފުލޭނެކަމަށެވެ.

މާލޭގެ މަގުތަކުގައި ދުވާލކު ގަޑީގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އޭޕްރިމަހުން ފެށިގެންނެވެ. މި ބަދަލާއި އެކު މުދާ އުފުލޭނީ ކޮންމެ ދުވަހެއްގެވެސް ހަވީރު ހަޔަކުން ހެދުނު ހަޔަކަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މުދާ އުފުލާ ގަޑިތަކަށް ގެނެސްފައިވާ ބަދަލަށް ލުޔެއް ދީ ދުވާލު ގަޑީގައި ކުދި ޕިކަޕްތަކުގައި މުދާ އުފުލޭގޮތަށް ހަމަޖެއްސީ ބްރިޖްގެ މަސައްކަތްތަކަށް ބޮޑުތަކުރުފާނުމަގާއި އެ މަގާއި ގުޅިފައިވާ އެހެން މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ރީ ޑިޒައިންކޮށް ޓްރެފިކް މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ މަގުތަކެއް ބަންދުކުރެވިފައިވާތީ މުދާ އުފުލުމުގައި ވިޔަފާރި ވެރިންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

350 ކިލޯއަށް ވުރެ ދަށުގެ ޕިކަޕްތަކަށް ދުވާލުގަޑީގައި މުދާ އުފުލުމަށް ހުއްދަ ދިން ނަމަވެސް އެއަށް ވުރެ ބޮޑެތި އުޅަނދުގައި މުދާ އުފުލޭނީ ކުރިއެކޭ ވެސް އެއްގޮތަށް ހަވީރު 6:00 އިން ހެނދު 6:00 އަށްކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

މާލޭގެ މަގުތަކުގައި މުދާ އުފުލާ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތަށް ކާރުބާރު ބޮޑުވެ ހިނގާ ބިގާވެ އުޅުމަށް ދަތިވަމުން ދިއުމާއި ސުކޫލަށް ކުދިން ގެންގޮސް ގެނައުމާއި އެ ނޫންވެސް ބޭނުންތަކަށް މަގު ބޭނުން ކުރަށް ދަތިވުމާއި ގުޅިގެންކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.