ޕޮލެންޑް ބަލިކޮށް ސެނެގާލް ވޯލްޑްކަޕްގެ ފެށިުން ރަނގަޅުކޮށްފިއެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޮލަންޑާއި ސެނެގާލް ވާދަކުރި މެޗުން ސެނެގާލް މޮޅުވީ ދޭއް އެކަކުންނެވެ.
މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ކުރި ހޯދީ ސެނެގާލެވެ. މެޗުގައި ސެނެގާލް ޖެހި ފުރަތަމަ ގޯލަކީ ތިއަގޯ ސިއޮނެކް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ ސެނެގާލްގެ ދެވަނަ ލަނޑު ޖަހައިދިނީ އެމްބަޔޭ ނިއަންގެވެ. ޕޮލަންޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ގްރިގޯ ކްރިކޯވިއަކެވެ.
މި މޮޅާއިއެކު ސެނެގާލް ވެފައިވަނީ މިފަހަރުގެ ވޯލްޑްކަޕްގައި މޮޅެއް ހޯދި ފުރަތަމަ އެފްރިކާ ޓީމަށެވެ. މި ގްރޫޕުގައި ޖަޕާންވަނީ އެޓީމް ކުޅުނު މެޗުވެސް ކާމިޔާބުކޮށްފައެވެ. ކޮލަމްބިޔާ އަތުން ޖަޕާން މޮޅުވީ ދޭއް އެކަކުންނެވެ.