އެއްވައްތަރެއްގެ ފަނީގެ ބާވަތް ބުއިމުގެ ބަދަލުގައި ރޯދަވީއްލާގަޑީގައި ތައްޔާރުކޮށްލަންމިއީ ވަރަށް ރަނގަޅު ބުއިމެއް.
ބޭނުންވާނެ ތަކެތި :
2 ޖޯޑު ކިރު ( ލޯފެޓް )
2 ޕީޗް ( ތޮށިމަށާ ކޮށާފަ )
1 އަނބު ( ތޮށިމަށާ ކޮށާފަ )
½ ޖޯޑު ޕްލެއިން ޔޯގަޓް
އައިސް ކިއުބް ( ބޭނުންވާވަރަށް )
3 ސަމުސާ މާމުއި
ތައްޔާރުކުރާނެ ގޮތް :
ކިރު، ޕީޗް، އަނބު، ޔޯގަޓް، އައިސް ކިއުބް، މާމުއީ ބްލެންޑަރެއްގެ ތެރެއަށްއަޅާ މިކްސްކޮށްލުމުން މިހުރީ ޕީޗް މެންގޯ ސްމޫތީ ތައްޔާރުވެފައެވެ. މިބުއިން ތައްޔާރުކުރާއިރު ބޭނުންނަމަ އެހެނިހެން މޭވާ އަދި ތަރުކާރިވެސް އަޅައިގެން ތައްޔާރުކޮށްލެވިދާނެއެވެ..