ޚަބަރު

ފުވައްމުލަކުގެ ސިއްޙީ ހާލަތާމެދު އަތޮޅު ކައުންސިލުގެ ކަންބޮޑުވުން





 


ފުވައްމުލަކުގެ ސިއްޙީ ހާލަތާމެދު ފުވައްމުލަކު އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ފުވައްމުލަކު އަތޮޅު ކައުންސިލް މެމްބަރު ހުސައިން ސައީދު އިއްޔެ ވިދާޅުވީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނީ ހޮސްޕިޓަލުގައި ރަނގަޅު މެނޭޖްމެންޓެއް ނެތުމުން ކަމަށާއި އެކަމުގައި ސަރުކާރާއި ހޮސްޕިޓަލުން ނަގަންޖެހޭ ޒިންމާތައް ނުނެގުމުގެ ސަބަބުން ކަމަށެވެ.


 
ހުސައިން ސައީދު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުގެ ހާލަތު ދަށްވަމުންދާތީ ހެލްތު މިނިސްޓަރ ޑރ.މަރިޔަމް ޝަކީލާ ފުވައްމުލަކަށް ވަޑައިގަތުމުން އެކަމަނާއާ ފުވައްމުލަކު އަތޮޅު ކައުންސިލާ ރަށު ކައުންސިލްތަކުން ބައްދަލުކޮށް ރަށުގެ ސިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ދެންނެވި ކަމަށާއި އޭގެ ފަހުން މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ހައްލުވެފައި ނުވާ ކަމަށެވެ.


 
 


ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން އިއްޔެ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސައިން ސައީދު ވިދާޅުވީ ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި އެކަންކަމާ ގުޅިގެން ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ޑޮކްޓަރުންނާއި ވަކިވަކިން ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުން އެންމެ ބޮޑަށް އެނގުނީ ހޮސްޕިޓަލުގެ މެނޭޖްމެންޓެއް ނެތްކަން ކަމުގައެވެ.