ޚަބަރު

ޑޮކްޓަރުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމުގެ މަސައްކަތް





 


ޑޮކްޓަރުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަށް ކުރެވެމުންދާ މަސައްކަތަށް އެކަށީގެންވާ އަލިމަގެއް ފެންނާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.


 
މީޑިޔާއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ ޑރ މަރިޔަމް ޝަކީލާ ވިދާޅުވީ  ޑޮކްޓަރުންނަށް ދޭނެ މުސާރައެއް އެކަށައެޅުމަށް ބަލަންޖެހޭ ބެލުންބެލުމާއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަމުގެ އެންމެފަހުގެ މަޝްވަރާތައް މިހާރު ކުރިޔަށްދާކަމަށެވެ.


 
 


ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު އިސްލާހްކޮށް މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން  އަމަލުކުރަންފެށުމަށްފަހު އާ އޮނިގަނޑާމެދު އެކިފަރާތްތަކުން ފާޅުކުރި ހިތްހަމަނުޖެހުންތަކާއެކު އާ އޮނިގަނޑުގެ ދަށުން ދޭންފެށި މުސާރަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެނގެވުމަކަށް މަޑުޖައްސާލާފައިވާކަމަށް ހެލްތްމިނިސްޓްރީން މައުލޫމާތުދެއެވެ.