ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅާނެ


އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ހުރިހާ މަސައްކަތެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ ސަތޭކަ ހަތްދިހަ ނުވަވަނަ މާއްދާގައި ބުނެފައިވަނީ ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ހިނގަމުންދާ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން އަންނަ އަހަރުގެ ބަޖެޓް މިއަދު ހުށަހެޅި ނަމަވެސް، ބަޖެޓަށް ބަހުސްކުރުމަށް ބާއްވާ ޖަލްސާ އެޖެންޑާ ކުރާނީ މަޖިލީހުގެ އިދާރާއިންނެވެ.