ކުޅިވަރު

ބޮޑު ތަފާތަކުން 16 އަހަރުން ދަށުގެ ޓީމް ބަލިވެއްޖެ


ސޯޅަ އަހަރުން ދަށުގެ ސާބާ ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުން ރާއްޖެ އިންޑިޔާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.  

ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ބާސްކެޓް ޓީމް އިންޑިޔާ އަތުން ބަލިވީ 135 ޕޮއިންޓްގެ ތަފާތުންނެވެ. މެޗްގެ ހަތަރު ކުއާޓަރ ނިމުނުއިރު އިންޑިޔާއިން ވަނީ 152 ޕޮއިންޓް ހޯދާފައެވެ. ރާއްޖެއަށް ހޯދުނީ 17 ޕޮއިންޓެވެ. 

މެޗަށްފަހު ރާއްޖޭގެ ޒުވާން ޓީމްގެ ކޯޗު މުޙައްމަދު ހާޝިމް ބުނީ ކުޅުންތެރިން ވަރަށް ހިތްވަރު ކުރި ކަމަށާއި، މެޗު ދިވެހި ޓީމުން ކުޅުނީވެސް ކެޕްޓަނާ ނުލާކަމަށެވެ. ޓީމްގެ ހުރިހާ ކުޅުންތެރިންނަށް ފުރުޞަތު ދިންކަމަށްވެސް އޭނާ ބުންޏެވެ. މެޗުގައި ރާއްޖެއާ ދެކޮޅަށް ނިކުއިން އިންޑިޔާ ޓީމްގައި ރާއްޖޭގެ ސީނިއަރ ޓީމްގެ ކުޅުންތެރިންނަށްވުރެވެސް ދިގު ބިޔަ ކުޅުންތެރިން ހިމެނެއެވެ.

މިމުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗްގައި ވާދަކުރާނީ ބޫޓާނާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ހުކުރު ދުވަހު ބަނގްލަދޭޝްއާއި ވާދަކުރުމަށްފަހު މުބާރާތުގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗްގައި ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ބާސްކެޓް ޓީމް ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.