އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ މިލަންދޫ ޓީމަށް އެހީވުމަށް ފެނަކަ ތައްޔާރުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަނަކައިން މިލަންދޫ އެފްސީ ޓީމަށް އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ. މިލަނަދޫ އެފްސީގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒްއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފެނަކައިގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ށ.އަތޮޅު މިލަންދޫއަކީ ފެނަކައިގެ އޮފީހެއް ހުންނަ ރަށެއް ކަމަށާއި، ފެނަކައިގެ މުއައްޒަފުންނާއި ރަށުގެ ރައްޔިތުންނާއި ވަރަށް ގާތް ކުޅުމެއް އަބަދުވެސް އޮންނަކަމަށެވެ. މިއެއްބަސްވުމާއިއެކު މިލަންދޫގެ ޒުވާނުންގެ ކުރިއެރުމަށް މިލަންދޫ އެފްސީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގައި ފެނަކަ ކޯޕަރޭޝަންގެ އެހީ އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އަހުމަދު ޝަރީފް ދެއްވިއެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވިދާޅުވީ މިލަންދޫއަކީ އަބަދުވެސް ފުޓްބޯޅައިގެ ރަށެއް ކަމަށެވެ. އަދި މިލަންދޫގެ ޒުވާނުންގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގައި ފެނަކައާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުރިކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވިދާޅުވިއެވެ.
އުރީދޫ ދިވެހި ޕްރިމިއާރ ލީގްގައި މިލަންދޫ އެޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ކުލަބް ގްރީން ސްޓްރީޓާއި ވާދަކޮށް ދެ ލަނޑު އެއް ލަނޑުންނެވެ.