ކުޅިވަރު

ފުރަތަމަ ޖޫނިއަރ ބައިކް ލީގު ބާއްވައިފި


ފުރަތަމަ ޖޫނިއަރ ބައިކް ލީގުގެ 13 އަހަރުން ދަށުގެ އެންމެ މޮޅު ދުއްވުންތެރިއަކަށް މުހައްމަދު ސައިފްޝާން ހޮވިއްޖެއެވެ.

 ބައިކް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން އިންޑަސްޓްރިއަލް އޭރިޔާގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ބައިކް ލީގުގެ 13 އަހަރުން ދަށުގެ ބައިން 2 ވަނަ ހޯދީ މުހައްމަދު ރައީޝާންއެވެ. އަދި މިބައިގެ 3 ވަނަ ހޯދީ އަހުމަދު އަތީކް އާމިރުއެވެ. 13 އަހަރުން ދަށުގެ ބައިވެރިން ވަނީ 5 ކިލޯމީޓަރު ދުއްވާފައެވެ. މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޖޫނިއަރ ބައިކް ލީގުގެ 9 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެންބައިގެ 1 ވަނަ ހޯދާފައިވަނީ ލަޔާން ހަސަން ޝަފާޒްއެވެ. މިބައިން 2 ވަނަ ހޯދީ ތާނާ ޢަލީ ޝާހީންއެވެ. އަދި 3 ވަނަ ހޯދީ އާލާ އައިމިނާ އަޙްމަދެވެ. 9 އަހަރުން ދަށުގެ އަންހެންބައިގެ ދުވުންތެރިން ވަނީ 1 ކިލޯ މީޓަރަށް ދުއްވާފައެވެ. 

9 އަހަރުން ދަށުގެ ފިރިހެންބައިގެ 1 ވަނަ ހޯދީ އަބްދުﷲ އީލާންއެވެ. މިބައިން 2 ވަނަ ހޯދާފައިވަނީ ދިޝާންއެވެ. އަދި 3 ވަނަ ހޯދީ އިޒްޔާންއެވެ. 11 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެންބައިގެ 1 ވަނަ ހޯދީ ޒައިނާ އާސިމް މުހައްމަދެވެ. މިބައިން 2 ވަނަ ހޯދާފައިވަނީ މިޝްކާ އިނާސްއެވެ. އަދި 3 ވަނަ ހޯދީ މަރިޔަމް ފަލަކް އަލީއެވެ. މިދުއްވުންތެރިންވަނީ 2 ކިލޯމީޓަރު ދުއްވާފައެވެ. 

11 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެންބައިގެ 1 ވަނަ ހޯދާފައިވަނީ ހުސެއިން މަޙްދޫމް އިބްރާހީމްއެވެ. މިބައިން 2 ވަނަ ހޯދީ ޒުޝީމަލަޔާންއެވެ. އަދި 3 ވަނަ ހޯދީ މުހައްމަދު ރައްޔާން އިސްމާޢީލްއެވެ. ބައިކް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިގެންދިޔަ ޖޫނިޔަރ ބައިކް ލީގުގެ އިތުރުންވެސް ބައިސިކަލް އިތުރު މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން މަޢުލުމާތުދިނެވެ. މިއީ ބައިސިކަލް ރޭހެއް ރާއްޖޭގައި ނުބާއްވާތާ 15 އަހަރު ފަހުން ބޭއްވި ފުރަތަމަ ރޭސްކަން ފާހަގަކޮށްލެވެއެވެ. މިރޭސްތަކުގައި 51 ކުދިން ބައިވެރިވެފައިވެއެވެ.