ކުޅިވަރު

ދެވަނަ ޑިވިޝަންގެ ދެވަނަ މެޗު ކާމިޔާބުކުރީ ކޮމެޓް ކްރިކެޓް ކްލަބް


35 ވަނަ ލިމިޑެޓް އޯވަރ ކްރިކެޓް މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި މިއަދު ކުޅުނު މެޗް ކޮމެޓްސް ކްރިކެޓް ކްލަބް ކާމިޔާބުކޮށްފިއެވެ.

 ކޮމެޓް ކްރިކެޓް ޓީމް މެޗް ކާމިޔާބުކުރީ މާލޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 29 ލަނޑުންނެވެ. މެޗްގައި ގުރު ދިމާވުމުން ކޮމެޓްސް ކްރިކެޓް ކްލަބް ކުޅެންއަރާ 29 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 134 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 62 ލަނޑު ހެދި އަހުމަދު ހަސަން ސޯބިރުއާއި، 15 ލަނޑު ހެދި އިބްރާހިމް އަލީއެވެ. މާލޭ ސްޕޯރޓްސް ކްލަބުން ޔައުޤޫބް 9 ލަނޑަށް 3 ވިކެޓް، މުހަންމަދު މަފާޒު 24 ލަނޑަށް 2 ވިކެޓް އަދި އިސްމާއިލް ނިހާދު 24 ލަނޑަށް 10 ވިކެޓް ނެގިއެވެ.

ޖަވާބުގައި މާލޭ ސްޕޯރޓްސް ކްލަބް ކުޅެންއަރާ 32 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. އިސްމާއިލް ނިހާދު 40 ބޯޅައިން 28 ލަނޑު، އިސްހާގު މުޒަމިލް 14 ލަނޑު ހެދިއެވެ.  ކޮމެޓްސް ޓީމުން އިބްރާހިމް އަލީ 23 ލަނޑަށް ދެ ވިކެޓް، މުހަނަމްދު އަފްސާހް 13 ލަނޑަށް ދެވިކެޓް އަދި މުހަންމަދު އިވާން 15 ލަނޑަށް ދެ ވިކެޓް ނެގިއެވެ. 

މިމުބާރާތުގެ ކުޅުން ދެން އޮންނާނީ މިމަހުގެ 28 އަދި 29 ގައެވެ.