ކުޅިވަރު

ފަލަސްތީނާ ދެކޮޅަށް ނިކުންނަ ޤައުމީ ސްކޮޑް ފައިނަލްކޮށްފި


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ފަލަސްތީނާ ދެކޮޅަށް ނިކުންނަ ޤައުމީ ޓީމް ފައިނަލްކޮށްފިއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ އެކުލަވާލާފައިވަނީ 29 ކުޅުންތެރިންގެ ސްކޮޑެކެވެ. ނަމަވެސް އެސްކޮޑުން 5 ކުޅުންތެރިން ބާކީކޮށް، ސްކޮޑް މިހާރުވަނީ 24 އަށް މަދުކޮށްފައެވެ.

ރޭ އެފްއޭއެމްއިން އިޢުލާންކޮށްފައިވާ ސްކޮޑުން ފުރުޞަތު ގެއްލުނީ މާޒިޔާގެ ޒުވާން ޑިފެންޑަރ ޤާސިމް ސައްމާމްއާއި، އީގަލްސްގެ އަހްމަދު ޒާދު އާއި ޒުވާން ކުޅުންތެރިޔާ ރިހާމް އަބްދުލްޣަނީގެ އިތުރުން ގްރީން ސްޓްރީޓްސްގެ މުހައްމަދު ނިޒާމްއާއި ވެލެންސިއާގެ ކީޕަރު ހަސަން ޠަލާލްއަށެވެ.

ފައިނަލް ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ:

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:

- އަސަދުﷲ އަބްދުﷲ

- އަހުމަދު އިމާޒް

- އަމްދާން އަލީ

- އަސްއަދު އަލީ

- މުހައްމަދު އުމެއިރު

- ހުސެއިން ނިޒާމް މުހައްމަދު

- ޔަސްފާދު ހަބީބު

- ސަމޫޙު އަލީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް:

- ހަމްޒާ ރަޝީދު

- މުހައްމަދު ރަޝީދު

- އަލީ ފާސިރު

- އަހުމަދު އަބްދުﷲ

ޓީސީ ސްޕޯޓްސް ކުލަބް:

- މުހައްމަދު އައްޒާމް

- އިބްރާހީމް ވަހީދު ހަސަން

- އިބްރާހީމް މަހުދީ

ކުލަބް ވެލެންސިއާ:

- ޝާފިޢު އަހުމަދު

- މުހައްމަދު ފައިސަލް (ގޯލްކީޕަރ)

- ހިސާމް ސަލީމް

ކުލަބް އީގަލްސް:

- އިމްރާން ނަޝީދު

- މުހައްމަދު ޝަފީޢު (ގޯލްކީޕަރ)

ވިކްޓަރީ ސްޕޯޓްސް ކުލަބް:

- މުހައްމަދު އިމްރާން (ގޯލްކީޕަރ)

- އިސްމާޢީލް އީސާ

ގްރީން ސްޓްރީޓްސް:

މުޙައްމަދު ސާއިފް