ކ. މާފުށި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ނިދާ ބްލޮކުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި 3 ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނުނު މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަންފަށައިފިއެވެ.
މި ތަކެތި ފެނިފައިވަނީ މާފުށި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ނިދުމަށް ބޭނުންކުރާ 5 ނަމްބަރު ބްލޮކްގެ އަލަމާރިއެއްގެ ތެރޭގައިހުރި އެންކަލް ބުޓެއްގެ ތެރޭންނެވެ.
ކަރެކްޝަނަލް ސާރވިސްއިން އިއްޔެ 17:30 ހާއިރު ހުށަހެޅި މި މި މައްސަލަ ތަޙުޤީޤު ކުރަނީ ކ. މާފުށި ޕޮލިސް ސްޓޭޝަނުންނެވެ. މި މައްސަލައާގުޅިގެން މީހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.