ޚަބަރު

އަތޮޅު ކޮމާންޑަރުންގެ މަހާސިންތާ 2017 ފަށައިފި


ސަދަން އޮޕަރޭޝަންސް ކޮމާންޑުގައި ހިމެނޭ އަތޮޅުތަކުގެ ފުލުހުންގެ ކޮމާންޑަރުންގެ މަހާސިންތާ ތ. އަތޮޅު ވިލުފުށީގައި ފަށައިފިއެވެ. 

ސަދަރަން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ މ،ފ،ދ،ތ،ލ،ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކޮމާންޑަރުން ބައިވެރިވާ މި މަހާސިންތާއަކީ އަތޮޅުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވަވާ މަހާސިންތާއެކެވެ. މި މަހާސިންތާގައި އަތޮޅު ކޮމާންޑަރުންނަށް މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ދެނެގަނެ އެދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.

”އަތޮޅު ކޮމާންޑަރުންގެ މަހާސިންތާ 2017″ ގެ ނަމުގައި ކުރިއަށްދާ މި މަހާސިންތައް ފައްޓަވާދެއްވީ ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމްއެވެ.

މި މަހާސިންތާގައި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ 9 އަތޮޅުގެ އަތޮޅު ކޮމާންޑަރުން ބައިވެރިވެއެވެ.