ޚަބަރު

ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕް: އެން ސްޕޯޓްސްއަށް މޮޅެއް


  • 4 އުމުރުފުރާއަކުން 25 ޓީމު މުބާރާތުގައި ވާދަކުރޭ

  • ފައިނަލް މެޗުތައް އޮންނާނީ 24 ވަނަ ދުވަހު

ބީއެމްއެލް 4ވަނަ ވަނަ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕްގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުން އެން ސްޕޯޓްސް އެކަޑަމީ މޮޅެއް ހޯދައިފިއެވެ.

އެން ސްޕޯޓްސް އެކަޑަމީ މޮޅުވެފައިވަނީ 13 އަހަރުންދަށުގެ އުމުރުފުރާގައި ފިއޯންތީއާއި ވާދަކޮށް، 06-08 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ކުރިއަށްގެންދާ މުބާރާތުގައި ހޯމަ ދުވަހު ދެން ކުޅެފައިވަނީ 15 އަހަރުންދަށުގެ މެޗެކެވެ. މިމެޗުގައިވެސް ވާދަކޮށްފައިވަނީ އެން ސްޕޯޓްސް އެކަޑަމީއާއި ފިއޯންތީއެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ ދެ ޓީމު 12-12 އިން އެއްވަރުވެގެންނެވެ. މިމެޗުތަކުގެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ އެން ސްޕޯޓްސް ގެ ލައިބާއާއި ޒާޔާ އާމިރް ވަހީދެވެ.

4 އުމުރުފުރާއަކުން 25 ޓީމު މިމުބާރާތުގައި ވާދަކުރެއެވެ. މިމަހުގެ 19 އިން 24 އަށް ކުރިއަށްގެންދާ މިމުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް އަދި 17 އަހަރުންދަށެވެ.