ކުޅިވަރު

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު އާދަމް އިސްތިޢުފާ ދީފި


ވީއޭއެމްގެ ޖެނެރަލް ސެކްރެޓްރީ މުހައްމަދު އާދަމް އިސްތިޢުފާ ދީފިއެވެ. 

2 މަސްދުވަސްވެސް ނުވަނީސް މުހައްމަދު އާދަމް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމުން އިސްތިޢުފާ ދީފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވަނީ މުހައްމަދު އާދާމް އިސްތިޢުފާ ދީފައިވާކަން ޔާގީކޮށްދެއްވާފައެވެ. އަދި އިސްތިޢުފާ ގަބޫލްކޮށްފައިވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާކަމަށެވެ. މުހައްމަދު އާދަމްވެސް ވިދާޅުވީ އިސްތިޢުފާއާ ގުޅިގެން އެއްވެސް ވާހަކައެއް މީޑިއާގައި ދައްކަން ބޭނުން ނުވާކަމަށެވެ. މުހައްމަދު އާދަމްއަކީ އެފްއޭއެމުން ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއްފަރާތެވެ. ލެގޫންސާއި ވިކްޓަރީއަށް ފުޓްބޯޅަ ކުޅުއްވާފައިވާ މުހައްމަދު އާދަމް ވަނީ އެފްއޭއެމްގެ މާކެޓިން ޑިޕާޓްމަންޓް ހިންގަވައި އަދި އެ އެސޯސިއޭޝަންގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަޤާމްވެސް ފުރުއްވައިފައެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގައިވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ މުހައްމަދު އާދަމްވަނީ ސްރީ ލަންކާގެ ބައެއް ފުޓްބޯޅަ ޓީމްތަކަށް ކޯޗުކޮށްދެއްވާފައެވެ.