ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް، ލޫޠު މުޙައްމަދު ޙުސައިން އަނެއްކާވެސް އައުކޮށްފިއެވެ.
ލޫޠު މި ރެކޯޑު އައުކޮށްފައިވަނީ މިހާރު ޖަޕާނުގައި ކުރިޔަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި 00:30.98 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުންވެސް އައުކުރީ ލޫޠެވެ. އެއީ މިއަހަރު ސްކޮޓްލަންޑްގެ ގްލާސްލޯގައި ކުރިޔަށްދިޔަ 23 ވަނަ ކޮމަންވެލްތު ގޭމްސް ގައި 00:31.54 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ތެރެއިން ރާއްޖޭގެ އެހެން ބައެއް ފެތުންތެރިން ވެސް ވަނީ ސްވިމިންގެ ރެކޯޑުތަކެއް އައުކޮށްފައެވެ.
އެގޮތުން، ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް، މުޙައްމަދު ރިޙާން ޝިހާމް އައުކުރިއިރު އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މިރާލް ޢައިން ލަތީފްވެސް އައުކޮށްފައިވެއެވެ.
މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މުޙައްމަދު ރިހާން ޝިހާމް، ލޫޠު މުޙައްމަދު ހުސައިން، މަލާއިކާ ލިންޑާ އިމްރާން އަދި މިރާލް ޢައިން ލަތީފެވެ.
މީގެ ކުރިން ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ، އޭޝިއަން ގޭމްސްއަކީ ސްވިމިންގް އެތުލީޓުންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއްކަމަށް ދެކޭ ކަމަށެވެ.