އެލައިޑް އިންޝިއުރެންސް ގައުމީ ވޮލީ ބޯޅަ މުބާރާތުގައި މޯލްޑިވިއަން ރެކްރިއޭޝަން ކުލަބް، އެޓީމް ކުޅުނު 2 މެޗް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބް އަތުން މޯލްޑިވިއަން އެޓީމްގެ ފުރަތަމަ މެޗުން ބަލިވެފައިވަނިކޮށް ރޭ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފައިވަނީ ސްޕޯޓްސް ކުލަބް ސިޓީއާ ވާދަކޮށް ސީދާ 3 ސެޓުން މެޗުންނެވެ. މިމެޗްގެ ސެޓްތަށް މޯލްޑިވިއަން ގެންދިޔައީ 25-10، 25-21 އަދި 25-20ންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގެ ހަމައެކަނި ރެޑްބުލް އެތްލީޓް އިސްމާޢީލް ސާޖިދެވެ. މިމުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗް ދިވެހި ސިފައިންގެ ކުލަބްވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗް ދިވެހި ސިފައިންގެ ކުލަބް މިމެޗް ކާމިޔާބުކޮށްފައިވަނީ ސްޓެލްކޯއާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ސިފައިން ގެންދިޔައީ 25-15، 28-26 އަދި 25-20އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ އާދަމް ނަސީމެއެވެ. މިމުބާރާތުގައި މިއަދު ހަވީރާއި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އަންހެންބައިގެ މެޗްތަކެވެ