ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ގައުމީ ކޯޗު ލުއިސް ޑެލަފުއެންޓޭގެ ކޮންޓްރެކްޓް އާކުރަން ނިންމައިފި އެވެ.
ޔޫރޯ 2024 އާއި 2026ގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗުގެ މިހާރުގެ ކޮންޓްރެކްޓްގައިވާ ގޮތުން 2028 ވަނަ އަހަރަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. ނަމަވެސް މި ދެ ފަރާތުން މިހާރު އެއްބަސްވެފައިވަނީ މި އެގްރީމަންޓް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ގެންދިއުމަށެވެ.
ޑެލަފުއެންޓޭ އަކީ ސްޕޭނުގެ ޔޫތު ޓީމުތަކާއެކު ފުޓްބޯޅަ ފެޑަރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ކާމިޔާބު ކޯޗެކެވެ. އުމުރުން މިހާރު 65 އަހަރުގެ ކޯޗު ގައުމީ ޓީމާ އެންމެ ފުރަތަމަ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޔޫރޯ އާއި ވޯލްޑް ކަޕުގެ އިތުރުން ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ.
ޑެލަފުއެންޓޭގެ އެއްބަސްވުން އާ ކުރަން ސްޕޭނުން މި ނިންމީ އޭނާގެ ބަދަލުގައި ކުރިއަށް އޮތް ޔޫރޯ އަށް ފަހު ޒުވާން ކޯޗަކު އެ މަގާމަށް ގެންނާނެ ކަމަށް މީޑިޔާތަކުން ބުނަމުންދަނިކޮށެވެ.