ޚަބަރު

ކެޕްޓަން އިލާންގެ ޝުކުރު ދިވެހި ސަޕޯޓަރުންނަށް


  • ރާއްޖެ ވަނީ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންއިން ޖާގަ ހޯދާފައި

  • 3 މެޗުން 6 ޕޮއިންޓާއެކު ރާއްޖެ ވަނީ ގްރޫޕްގެ 2 ވަނަ ޔަގީންކޮށްފައި

މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ދިވެހި ޓީމަށް ރާއްޖެއިން ދިން ސަޕޯޓަށް ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ޝުކުރު އަދާކޮށްފިއެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި މިޔަންމާ އަތުން 6-0 ގެ ނަތީޖާއަކުން ބަލިނަމަވެސް ދިވެހި ޓީމުން ވަނީ މުބާރާތައް ކަނޑައެޅި ޓާގެޓް ހާސިލްކޮށްފައެވެ. އެއީ ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްއިން ކުރިއަށް އޮތް ބުރަށް ކޮލިފައިވުމެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗު ކާމިޔާވުކޮށް ދިވެހި ޓީމުން ވަނީ މެޗަށް ނިކުތްއިރުވެސް ކޮލިފައިން ބުރުން ޖާގަ ޔަގީންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ބުރުނާއީ އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ސްރީލަންކާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު އިލާން ބުނީ މެޗަށް ނިކުތީވެސް މިޔަންމާއަކީ މޮޅު ޓީމެއްކަން ދަނެގެން އެކަމަށް ތައްޔާރުވެގެން ކަމަށެވެ. އެހެންނަމަވެސް މެޗު ދިޔައީ ޕްލޭނާ އެއްގޮތަށް ނޫންކަމަށްވެސް އިލާން ބުންޏެވެ.

"މިމެޗުގައި މިޔަންމާ މޮޅީ، މެޗަށް ނިކުތް އިރުވެސް އިންގޭ މިޔަންމަރ އަކީ މޮޅު ޓީމެއްކަން. އެކަމަށް ތައްޔާރުވެގެން ނިކުތީ އެކަމަކު ޕްލޭނާއި އެއްގޮތަކަށް ނޫން މެޗުދިޔައީ" މިޔަންމާ އަތުން 6-0 ސުމަކުން ބަލިވި މެޗަށްފަހު ރާއްޖެ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުންޏެވެ.

އިލާން ބުނީ މިމުބާރާތާ ކުރިމަތިލީ ކޮލިފިކޭޝަންއިން ޖާގަ ހޯދުމުގެ އަމާޒުގައިކަމަށާއި އެކަން ހާސިލްވެއްޖެކަމަށެވެ. އެހެންނަމަވެސް ފަހު މެޗުގައި މިޔަންމާ އަތުން މޮޅުވެވުނުނަމަ މި ދަތުރު އިތުރަށް ފުރިހަމަވީސްކަމަށެވެ. އެހެންނަމަވެސް ބޭނުންވި ޓާގެޓަށް ދެވުމުން ހިތްހަމަ ޖެހޭކަމަށްވެސް އިލާން ބުންޏެވެ.

"އަހަރުމެންގެ ކުޅުމާމެދު ރާއްޖޭގެ ހުރިހާ ސަޕޯޓަރުންވެސް އުފާވާނެކަމަށް ގަބޫލްކުރަން، މެޗުތައް ބަލާ ޓީމަށް ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." އިލާން ބުންޏެވެ.

ދިވެހި ޓީމުގެ ކެޕްޓަން ވަނީ ކުރިއަށް ހުރިތަނުގައި ޓީމުގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފައެވެ.