ކުޅިވަރު

ވޮލީ އެގްޒިބިޝަން މެޗް ކުޅެން ދިވެހި ކުޅުންތެރިން ކެތްމަދުވެފަ


އެގްޒިބިޝަން މެޗަކީ ވޮލީއަށް މުޅިންއާ މެޗެކެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެގްޒިބިޝަން މެޗަށް ބައެއް ސީނިއާރ ކުޅުންތެރިން ތިބީ މިފަދަ މެޗެއް ކުޅެން ކެއްމަދުވެފައެވެ. ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި މީގެ ކުރިން ކުޅެފައިވަނީ އިންވިޓޭޝަނަލް ވޮލީ މުބާރާތް އެކަންޏެވެ. އެކިއެކި ސަބަބުކަތާ ހުރެ އިންވިޓޭޝަނަލް މުބާރާތް ހުއްޓިފައި އޮތުމަށްފަހު، ބިދޭސީ ކުޅުންތެރިނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު މިރޭ ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެއެވެ.

 ވޮލީގެ ސަޕޯޓަރުންވެސް އަދި ކުޅުންތެރިންވެސް އެމެޗަކަށް އިންތިޒާރު ކުރަމުންއައި މިމެޗްގައި ކުލަ ޖެހިގެންދިޔައީ އަލަށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމްއަށް ހޮވުނު މުހައްމަދު ލަތީފްގެ އިސްނެންގެވުމާ ގުޅިގެންނެވެ. ވޮލީގެ މާޒީ ހަނދާން ނައްތާލުމަށްފަހު، ވޮލީ ކުރިއެރުވުމުގެ ވިސްނުންފުޅުގައި އެންމެ ފުރަތަމަ ފިޔަވަޅަކަށްވީވެސް ދިވެހި ކުޅުންެތެރިންނާ ބިދޭސީ ކުޅުންތެރިންގެ މެޗެއް ކުޅުމެވެ. ގެއްލިފައިވާ ވޮލީގެ ފޯރި ގެނެސް، އެފޯރި ދެމެހެއްޓުމެވެ. މިމެޗްވެގެންދާނީ ކުޅުންތެރިނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ތަޖުރިބާއަކަށެވެ. ވޮލީގެ ސީނިއާރ ބައެއް ކުޅުންތެރިންބުނީ މިއީ މުހިންމު މެޗެއްކަމަށާއި ހާއްސަކޮށް ވޮލީގެ ފޯރި ގެނައުމަށް ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.



img:http://s2.psmnews.mv/images/660x400/14780311696851.jpg|ވޮލީ ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ފޮޓޯ:ޕީއެސްއެމް)



"މިއީ ވަރަށް ރަނގަޅުކަމެއް، މުބާރާތުގެ ފޯރިވެސް މިކަމުގެ ސަބަބުން ގަދަވާނެކަމަށް ގަބޫލްކުރެވޭ. މީގެ ކުރިން މުބާރާތް ފެށުމުގެ ކުރިން މިފަދަ މެޗެއް ކުޅުމުގެ ފުރުސަތެެއް ލިބިފައެއްނެތް، ބިދޭސީ ކުޅުންތެެރިންނާ ދެކޮޅަށް ވާދަވެރި މެޗެއް ކުޅެން ލިބުމުން، ކުޅުންތެެރިންނަށް މުބާރާތަށް ތައްޔާރުވުމަށް ފަސޭހަވެގެންދާނެ. ކޮންމެ ޓީމްއަކަށްވެސް ގެނެސްފައިވަނީ އެގައުމްއެއްގެ އެންމެ މޮޅެތި ކުޅުންތެެރިން، އެހެންކަމުން މިކުޅުންތެރިންގެ ކުޅުމާ ފެންވަރު އެއް މެޗަކުން ކުޅުންތެެރިންނަށާ ސަޕޯޓަރުންނަށްވެސް ފެނިގެންދާނެ." އަހުމަދު އަބްދުލް ކަރީމް ލޯންގޭ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14780312056278.jpg|ވޮލީ ކުޅުންތެރިޔާ އާދަމް ނަސީމް (ފޮޓޯ:ޕީއެސްއެމް)



"މިހާރު ބީޗް ވޮލީ ކުޅުމުގައި ބޮޑަށް ކުރިއަށްދަނީ، ނަމަވެސް ވޮލީ ކުޅުންތެރިއެއްގެ ގޮތުން ބުނެވޭނީ މިއީ މިހާރު ކުރަންވެއްޖެކަމެކޭ. ބިދޭސީ ކުޅުންތެރިންގެ ފެންވަރު އިނގުމުގެ އިތުރުން، ބީދޭސީ ކުޅުންތެރިންނާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ކުޅެލަން ލިބޭ މިއީ ވަރަށް ރަގަނޅު ފުރުސަތެއްކަމަށް. " ނަސީމް ބުންޏެވެ.

img:http://s3.psmnews.mv/images/660x400/14780312354285.jpg|ވޮލީ ކުޅުންތެރިޔާ އަނިލް (ފޮޓޯ:ޕީއެސްއެމް)



" ވަރަށް ބަރާބަރު މެޗެއް. ތަފާތުކަމެއް ވަރަށް ސަޅިވާނެކަމަށް ގަބޫލްކުރެވެެނީ. ބިދޭސީ ކުޅުންތެރިންނަށްވެސް މިމެޗް އާވާއިރު، މެޗް ވަރަށް ފޯރިގަދަވާނެކަމަށް ބެލެވެނީ. ވޮލީގެ ފޯރި ގަދަކުރުމަށް މިއީ ވަރަށް ރަނގަޅު ކަމެއް އެސޯސިއޭޝަންއިންކުރާ. އާންމުކޮށް މިފަދަ މެޗްތަކަކީ މުބާރާތުގެ ފޯރި ގަދަ ކުރުމަށް ކުރާކަމެއް، ބޮޑަށް ބެލެވެނީ އެގްޒިބިޝަން މެޗްގެ ސަބަބުން ލީގް ފޯރި ގަދަވެގެންދާނެކަމަށް. އަނިލް ނަސީރު ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14780312672717.jpg|ވޮލީ ކުޅުންތެރިޔާ އިޝާން މުހައްމަދު (ފޮޓޯ:ޕީއެސްއެމް)



" މިއީ އެސޯސިއޭޝަންއިން ކުރާ ވަރަށް ރަނގަޅުކަމެއް. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިކަންތަށް ރޭވިގެން ދިއުމުން ކުލަބްތަކަށް އެއް ދުވަހުގެ ފަރިތަކުރުންތަށް ގެއްލޭނެ. ނަމަވެސް މުބާރާތުގެ ކުރިން މެޗެއް ކުޅެލަން ލިބުމުން، ކުޅުންތެެރިންނަށާ ކުލަބަށްވެސް އެކަމުން ފައިދާ ކުރާނެ. އަސްލު މުބާރާތް ނިންމާފަ މެޗް ކުޅެން ރޭވިނަމަ، މާ ސަޅިވާނެކަމަށް ގަބޫލް ކުރެވެެނީ. އެކަމަކު މިހާރުވެސް މެޗް ފޯރިގަދަވާނެ، އަދި ބިދޭސީ ކުޅުންތެރިންވެސް ބަލިވާކަށް ބޭނުމެއްނުވާނެ." އެއް ނަމްބަރ ސެޓަރު އިޝާން ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14780313071948.jpg|ވޮލީ ކުޅުންތެރިޔާ ހުޒާމް (ފޮޓޯ:ޕީއެސްއެމް)



"މެޗް ވަރަށް ވާދަވެރިވާނެކަމަށް ގަބޫލް ކުރެވެނީ. އެއްވެސް ޓީމެއް ބަލިވާކަށް ބޭނުމެއްނުވާނެ. އެހެންވީމަ މެޗްގެ ފޯރިވެސް ގަދަވާނެކަމަށް ގަބޫލް ކުރެވެނީ. ބިދޭސީ ކުޅުންތެރިންގެ ހުނަރު މިމެޗްއިން ވަރަށް ރަނގަޅަށް އެނގިގެންދާނެ. ބިދޭސީ ޓީމްތަށްވެސް މާލެ ގެނެސްގެން މެޗްތަށްވެސް އަދި މުބާރާތްތަށްވެސް ކުޅެންވީ، އޭރުން ވޮލީ ކުރިއަރާނެކަމަށް ގަބޫލް ކުރެވެނީ" ހުޒާމް ބުނެޏެވެ.

img:http://s4.psmnews.mv/images/660x400/14780313613027.jpg|ވޮލީ ކުޅުންތެރިޔާ ވިޝާމް (ފޮޓޯ:ޕީއެސްއެމް)



"ވޮލީގެ ފޯރިއަށް ބަލާފަ މިއީ ވަރަށް ރަނގަޅުކަމެއްކުރަން. ވޮޅީ ބަލަން ސޯސަލް ސެންޓަރަށް ވަންނަ މީހުންވެސް އިތުރުވާނެކަމަށް ބެލެވެނީ. ދުރާލާ ރޭވިގެން މެޗް ކުޅެން ދިމާކުރިނަމަ، ވަރަށް ފައްކާ މެޗަކަށް ވާނެހެން ހީވަނީ،" 

ހަސަން ނިލާމް އަދި ހުސެއިން ވިޝާމް ބުންޏެވެ،

މިރޭ ކުޅުމަށް ހަމަޖެހިފައިވާ އެގްޒިބިޝަން މެޗް ޝަރަފްވެރިކޮށްދެއްވާނީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. މެޗްގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކަކާ މިދިޔަަ އަހަރުގެ ގައުމީ މުބާރާތާ ގައުމީ ލީގުގެ ތަށި ވީއޭއެމްއާ މިރޭ ހަވާލް ކުރުންވެސް އޮންނާނެކަމަށް ވޮލީ ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.