ޚަބަރު

ވައިގެމަގުން އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މަސްތުވާތަކެތި ފެނިފައިވަނީ އިންޑިއާ ފަސިންޖަރެއްގެ ލަގޭޖުން

  • ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވިގޮތުގައި، އަތުލައިގަނެވިފައިވަނީ 2 ކިލޯގެ ކެނަބިސް ބާވަތުގެ މަސްތުވާތަކެއްޗެވެ. މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ކަންޓަމްސްއަށް ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެތެރޭގައެވެ.

ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.