ޚަބަރު

ސަންޑަރލެންޑް އަތުން ބަލިވުމުން, އާބެލޯގެ ނުރުހުން ކުޅުންތެރިންނަށް!


  • ސަންޑަރލެންޑް މެޗު ކާމިޔާބުކުރީ 1-0 ން

އިނގިރޭސި ޕްރިމިއަރ ލީގުގައި ސަންޑަރލެންޑް އަތުން ބަލިވުމުން, ފުލަމްގެ ކޯޗު އަލްވާރޯ އާބެލޯގެ ނުރުހުން ކުޅުންތެރިންނަށް އަމާޒުވެއްޖެއެވެ.

މިދިޔަ ސީޒަންގެ ފަހުބައިގަ ރެއާލް މެޑްރިޑަށް އިރުޝާދު ދިނުމަށްފަހު, މިސީޒަންގައި ފުލަމްގެ ކޯޗުކަމާ ހަވާލުވި އާބެލޯގެ ނުރުހުން އަމާޒުކުރީ އޭނާގެ ކުޅުންތެރިން މެޗުގައި މަސައްކަތް ނުކުރާ ކަމަށެ ބުނެއެވެ. 1-0 ން ސަންޑަރލެންޑް އަތުން ބަލިވި މެޗަށްފަހު އާބެލޯ ބުނީ ކުޅުންތެރިންގެ ވިސްނުމާއި މޮޅުވުމުގެ ރޫހުވެސް ދަށްކަމަށެވެ. އެއްވެސް ސެކަންޑް ބޯޅައެއް މެޗުގައި އޭނާގެ ކުޅުންތެރިންނަށް ނުހޯދުނުކަން ފާހަގަކޮށް, އާބެލޯ ބުނީ ރަނގަޅު ރޫހުގައި ވާދަކުރަން ޖެހޭ ކަމަށެވެ. އޭނާގެ ޓީމް މެޗުގައި ފެނުނީ ޓީމްގެ ފެންވަރުގައި ނޫންކަމަށްވެސް އާބެލޯ ބުންޏެވެ.

މެޗުން ސަންޑަރލެންޑް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ނިކުމެ ވިލްސަން އިސީޑޯ އެވެ. 64 ވަނަ މިނިޓްގައި ކުޅެން ނިކުމެ, އޭނާ ލަނޑު ޖެހީ 75 ވަނަ މިނިޓްގައެވެ. ލަނޑު ޖެހީ އެންމެ ކުރީގައި މުޅިން ހުހަށް ދޫކޮށްލާފައި ވަނިކޮށް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

ފުލަމް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީ އަތުންވެސް ބަލިވެފައެވެ.