އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފަހު ބުރުގައި މިއަދު ކުޅުނު މެޗްތަށް ކާމިޔާބުކޮށް ކުޑަހުވަދޫއާ ތިމަރަފުށި ސެމީއާ ގާތަށް ޖެހިލައިފިއެވެ.
ގުރޫޕް އޭގައި ކުޑަހުދޫގައި ކުޅުނު މިމެޗްގެ ކުޑަހުވަދޫ ކާމިޔާބުކޮށްފައިވަނީ ގދ. ދެއްވަދޫއާ ވާދަކޮށް ހަތަރު ލަނޑު ދެ ލަނޑުންނެވެ. މިމެޗްގައި ކުޑަހުވަދޫގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އާދަމް ޝަމީމްއާ ޖުމެއިލް ޖަމީލްއެވެ. މިމެޗްގައި އާދަމް ޝަމީމްވަނީ ހެޓްރިކްއެއް ހަދާފައެވެ. މްޗްގައި ދެއްވަދޫގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ މައުރޫފް އިބްރާހީމްއާ އަލީ އަހުސަންއެވެ. 4 ޓީމް ހިމެނޭ ގުރޫޕް އޭގައި ކުޑަހުވަދޫ ކުޅުނު ދެ މެޗް ކާމިޔާބުކޮށްފައިވާއިރު، ގުރޫޕްގެ ފަހުމެޗްގައި ކުޑަހުވަދޫ ނިކުންނާނީ މިދިޔަ އަހަރުގެ ޗެންޕިއަން ފޭދޫ އާ ދެކޮޅަށެވެ.
ގުރޫ ބީގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް ތ.އަތޮޅު ތިމަރަފުށިސްވަނީ ސެމީއާ ގާތަށް ޖެހިލާފައެވެ. ތިމަރަފުށި ފުރަތަމަ މެޗްގައި ލަންދޫގެ މައްޗަށް ކުރި ހޯދާފައިވާއިރު، މިއަދު އެޓީމް ކުޅުނު މެޗް ހދ.ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗްގައި ތިމަރަފުށީގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ޑޭވިޑް އޮފޯރީއާ އަހުމަދު މައުރޫފްއެވެ. ގުރޫޕް ދޭއްގައިވެސް ހިމެނެނީ ހަތަރު ޓީމެވެ.
މިމުބާރާތުގެ ކުޅުން މާދަމާވެސް ކުރިއަށްދާނެއެވެ.