ޓިއާނީ ރެއިންޑާސް އާއި އެޒްރީ ކޮންސާ އަދި ކާޓިސް ޖޯންސް ކުލަބު ބަދަލުކޮށް، ޔާއޯ ޕެޑްރޯ ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ބްރެޒިލްގެ ޒުވާން އެޓޭކިން މިޑްފީލްޑަރު ޗެލްސީއާއެކު ސޮއި ކުރީ 2032ގެ ނިޔަލަށެވެ. އޭނާގެ ކޮންޓްރެކްޓް ޗެލްސީން އާކުރީ ބޮޑެތި ގިނަ ކުލަބުތަކުން އޭނާ އަށް ފާރަލަމުންދާތީ އެވެ.
ލިވަޕޫލްގެ 25 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އިންޓަ މިލާނަށް ސޮއި ކުރީ 35 މިލިއަން ޔޫރޯ އަށެވެ. ލިވަޕޫލުން އޭނާ ވިއްކާލަން ބޭނުންވީ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތުމާއެކު އައު ކޮންޓްރެކްޓަށް ދެ ފަރާތަށް ވެސް އެއްބަސް ނުވެވުމުންނެވެ. މީގެ ކުރިން މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ޖޯން ސްޓޯންސް ވެސް ވަނީ އިންޓަ އަށް ސޮއި ކޮށްފަ އެވެ.
އެޒްރީ ކޮންސާ އިނގިރޭސި ޗެމްޕިއަން އާސެނަލް އަށް ސޮއި ކުރީ އެސްޓަން ވިލާއިންނެވެ. އޭނާ ގަތުމަށް އާސެނަލްއިން 50 މިލިއަން ޔޫރޯ ހޭދަކުރި އެވެ. އޭނާ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އާސެނަލް އަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިންމާނެ އެވެ.
ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ އަށް ގެންދިޔަ ނެދަލޭންޑްސްގެ މިޑްފީލްޑަރު އެއް ސީޒަނަށް ފަހު ވިއްކާލީ އެ ޓީމާ އަލަށް ހަވާލުވި ކޯޗު އެންޒޯ މަރެސްކާ އެވެ. އެއީ ސައޫދީ އަރަބިއާގެ އަލް ގަދްސިއާ އަށް 61 މިލިއަން ޔޫރޯ އަށެވެ. ބަދަލުގައި ސިޓީން ބޭނުންވަނީ މޮރޮކޯގެ ޒުވާން މިޑްފީލްޑަރު އައްޔޫބް ބުއާދީ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ސޮއި ކުރުވަނީ ބްރައިޓަންގެ ކާލޮސް ބަލެބާ އެވ. އެއީ 70 މިލިއަން ޔޫރޯ އަށެވެ. އޭނާ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ޔުނައިޓެޑުން ގަތުމަށް ވިސްނަމުންދިޔަ ކުޅުންތެރިއެކެވެ. ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފްރާންސްގެ ޕައުލް ޕޮގްބާގެ ކޮންޓްރެކްޓް ފްރާންސްގެ މޮނާކޯއިން ވަނީ އުވާލައިފަ އެވެ. މިހެންވެ އޭނާ ބޭނުން ކުލަބަށް ދެވިދާނެ އެވެ. މަނާ ބޭހުގެ މައްސަލާގައި ބޮޑު ސަސްޕެންޝަނެއްގައި ހުރެފައި އަލުން ކުޅެން ފެށި ފަހުން ޕޮގްބާ އަށް ކުރީގެ ކުޅުމާ ގާތަށް ވެސް ނުކުޅެވެ އެވެ. ފަހަރުގައި އޭނާ އަށް އެމެރިކާ ނުވަތަ ސައޫދީގެ ކުލަބުތަކުން ޝައުގުވެރިވުން ގާތެވެ.
މީގެ އިތުރުން ކްރިސްޓަލް ޕެލަސްއިން ވަނީ ތުރުކީގެ ގަލަޓަސަރާއިން އިސްމާއިލާ ސަރް ހޯދުމަށް ހުށަހެޅި ބިޑް ގަބޫލު ނުކޮށްފަ އެވެ.