ޚަބަރު

އާބާތުރަފިލުވުމަށްފަހު، އުތީމު ގަނޑުވަރު އާއްމުންނަށް ހުޅުވާލައިފި


  • ރަސްމީ ދުވަސްތަކުގައި 8 އިން 2 އަށް ހުޅުވާފައި ހުންނާނެ

  • ޓިކެޓު ލިބެން ހުންނާނީ ރަސްމީ ދުވަސްތަކުގެ 08:15 އިން 13:10 އަށް

އުތީމު ގަނޑުވަރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމާ މިއަދު އާއްމުންނަށް ހުޅުވާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ގަނޑުވަރު ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ކަމަށެވެ. ގަނޑުވަރަށް ޒިޔާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ހެނދުނު 8:15 އިން މެންދުރުފަހު 13:30 އަށެވެ.

އުތީމު ގަނޑުވަރަކީ ޤައުމީ ދުވަހުގެ ބަތަލު، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ރަސްމީ ނަންފުޅު ލިބިވަޑައިގެންނެވި މުހައްމަދު ތަކުރުފާނަށް ނިސްބަތްވާ ތާރީޚީ ބިނާއެކެވެ. މިއީ މަރިޔާދުގޭ ދެކުނު ފަރާތުގެ ނުހުޅުވޭ ދޮރުކޮޅާއި، ފެންމީރު ލެއްގި ވަޅުކޮޅު އަދި އެކޮޅުކޮޅުން މަންޒަރުތައް ކުލަކޮށް ފެންނަ ފޮތިގަނޑުފަދަ އެތަކެއް އަޖައިބުތަކެއް އެކުލެވިގެންވާ ބިނާއެކެވެ. އެއާއިއެކު މި ގަނޑުވަރު ވެފައިވަނީ ދިވެހިންނާއި، ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ތަނަކަށެވެ.