ޚަބަރު

ޓޮޓްނަމް ބަލިކޮށް ރޮމޭރޯ އެތްލެޓިކޯ މެޑްރިޑަށް


ޓޮޓްނަމް ހޮޓްސްޕަރގެ އާޖެންޓީނާ ޑިފެންޑަރ ކްރިސްޓިއަން ރޮމޭރޯ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ރޮމޭރޯ އެތްލެޓިކޯ މެޑްރިޑް އާއި ގުޅިފައިވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 46.27 މިލިއަން އެމެރިކާގެ ޑޮލަރުގެ ޓްރާންސްފަރ ފީއަކަށެވެ.

2021 ވަނަ އަހަރު އެޓްލާންޓާ އިން ލޯނު އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ޓޮޓްނަމް އާއި ގުޅުނު ރޮމޭރޯ ވަނީ އެ ކްލަބަށް 156 މެޗު ކުޅެދީ 13 ލަނޑު ޖަހާފައެވެ.

ނިމިގެންދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ އަށް އެދެވޭ ނަތީޖާއެއް ނުހޯދި ރެލިގޭޝަނުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާއިރު, ޕްރިމިއާ ލީގުގެ ފަހު މެޗުގައި އެވަޓަން އާއި ދެކޮޅަށް ކުޅުމުގެ ކުރިން ރޮމޭރޯ އާޖެންޓީނާ އަށް ގޮސްފައިވާތީ ސަޕޯޓަރުންގެ ފާޑުކިއުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕް އާޖެންޓީނާގެ ޓީމުގައި ހިމެނުނު ރޮމޭރޯ ވަނީ ދާދި ފަހުން މި އަހަރު ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.