ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ދަރަވަންދުއަށް


  • ބ. ދަރަވަންދުއަށް 93.0 މިލިމީޓަރުގެ ވާރޭ ވެހުނު

  • އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވުނީ ސ. ހުޅުމީދުއަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ބ. ދަރަވަންދުއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތަކުން ދައްކައިފިއެވެ. ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ ދަރަވަންދޫއަށެވެ. އެއީ 93.0 މިލިމީޓަރުގެ ވާރޭއެވެ.

2ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް އެ އިދާރާގެ ރެކޯޑްތަކުން ދައްކަނީ ބ. ގޮއިދޫއަށެވެ. އެއީ 64.3 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫށެވެ. އެއީ 57.3 މިލިމީޓަރުގެ ވާރޭއެވެ.

އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިތަ 24 ގަޑިއިރުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވަނީ ސ. ހުޅުމީދޫށެވެ. އެއީ 1.4 މިލިމީޓަރުގެ ވާރޭއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް ރާޅު އުސްމިނުގައި 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅު އުސްމިނުގައި 4- 7 ފޫޓާ ދެމެދުގައިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.