ފްރެންޑް 4 ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
ފްރެންޑް 4 ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ.މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯޯސްޓެއްގައި އެމްއެންޑީއެފްއިން ވިދާޅުވީ، އެ 3 މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވައިގެ މަގުން 7،512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހުން ފެނިފައިނުވާކަމަށް ވިދާޅުވިއެވެ.
އަދާހަމަ:
— Maldives National Defence Force (@MNDF_Official) August 10, 2026
ފްރެންޑް 4 ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 7512 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފަ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ. pic.twitter.com/7t0S95NBNa
ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާ ހިނގީ، ތ.އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށްނެވެ. ދޯނި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު، ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައިވެއެވެ.