ޚަބަރު

68 އަހަރުގައި މެސީގެ ބައްޕަ މަރުވެއްޖެ


  • ޖޯޖް މެސީ އާޖެންޓީނާގެ ހޮސްޕިޓަލެއްގައި މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި

  • ޖޯޖް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މެސީގެ އެޖެންޓުގެ މަގާމްވެސް އަދާކޮށްފައި

  • މެސީ ހުރިހާ ނިންމުންތަކެއް ނިންމާފައިވަނީ ބައްޕަގެ މަޝްވަރާގެ މަތިން

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ބައްޕަ 68 އަހަރުގައި މަރުވެއްޖެއެވެ.

ޖޯޖް މެސީ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައި މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ޖޯޖް މެސީ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުގައެވެ.

އެގޮތުން ނިމިގެންދިޔަ ވޯލްޑްކަޕްގައި އަލްޖީރިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ ވަނީ ރޮއެފައެވެ. އަދި މެޗަށްފަހު އޭނާ ބުނެފައިވަނީ އެއީ ފުޓްބޯޅަ އާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ އޭނާއަށް ހިތްދަތި ދުވަސްތަކަކަށްވަތީ އެކަމުގެ ސަބަބުން އޮހޮރުނު ކަރުނައެއް ކަމަށް ބުނެފައެވެ.

ޖޯޖް މެސީ އަކީ ލިއޮނެލް މެސީގެ ބައްޕަގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ އެޖެންޓުވެސްމެއެވެ. އަދި ފުޓްބޯޅައިގައި މެސީގެ ހުރިހާ ނިންމުންތަކެއް ނިންމާފައިވަނީ އޭނާގެ ބައްޕަގެ މަޝްވަރާގެ މަތިންނެވެ.

މެސީގެ ބައްޕަ ބަލިވުމާއިއެކު ވޯލްޑްކަޕަށްފަހު އެމެރިކާގެ މޭޖަރ ލީގުގެ އޯލް ސްޓަރ ގޭމްގައި މެސީ ކުޅެފައިނުވަނީ އޭނާގެ ބައްޕަ ކައިރީގައި ހުރުމުގެ ގޮތުންނެވެ.