ޚަބަރު

35 އަހަރުގެ ވެލްބެކް ޗެލްސީ އަށް ސޮއިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ އިން 35 އަހަރުގެ ޑެނީ ވެލްބެކްގެ ސޮއި ހޯދައިފި އެވެ.

ޝަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ސީޒަނާއި ޗެލްސީ ކުރިމަތިލާއިރު, ޑެނީ ވެލްބެކް ޗެލްސީ އަށް ގެންގޮސްފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން ދުވަސްވީ ވެލްބެކް އެ ކްލަބަށް ގެންގޮސްފައިވަނީ ސްކޮޑްގައި ތިބި ޒުވާން ކުޅުންތެރިންނާއިއެކު ތަޖުރިބާކާރު ކުޅުންތެރިން ތިބުމަކީ މުހިންމު ކަމެއްކަމަށް އަލޮންސޯ ގަބޫލުކުރާތީ އެވެ. މީގެ ކުރިން އޭނާ ވަނީ މޯގަން ރޮޖާރސް ވެސް ޗެލްސީ އަށް ގެންގޮސްފަ އެވެ.

މިދިޔަ ސީޒަނުގައި ބްރައިޓަން އަށް ކުޅުނު ވެލްބެކް ވަނީ ނިމިދިޔަ ސީޒަނުގައި ޖުމްލަ 13 ލަނޑު ޖަހާފަ އެވެ. މިއީ އޭނާއަށް ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުނު ފަހަރެވެ.

މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް އަށްވެސް ކުޅެފައިވާ ވެލްބެކް އޭނާގެ ކެރިއަރ ފަށާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ. އަދި އޭޣެ ފަހުން 2014 ވަނަ އަހަރު ވެލްބެކް ވަނީ 16 މިލިއަން ޕައުންޑްގެ ފީ އަކަށް އާސެނަލް އަށް ބަދަލުވެފަ އެވެ.

އާސެނަލް ގައި ފަސް އަހަރު ހޭދަކުރުމަށްފަހު ވެލްބެކް ވަނީ ވޮޓްފޯޑް އަށްވެސް ކުޅެފަ އެވެ. އޭގެ ފަހުން ބްރައިޓަން އަށް އޭނާ ބަދަލުވެފައިވަނީ 2020 ވަނަ އަހަރު އެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 42 މެޗުގައި ވެލްބެކް ވަނީ 16 ލަނޑު ޖަހާފަ އެވެ. ވެލްބެކް އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2018 ވަނަ އަހަރު އެވެ.

ވެލްބެކް ޗެލްސީ އަށް ގެންދިޔައިރު އޭނާ އާއި އެއް މަގާމަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް މިވަގުތުވެސް އެ ޓީމުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ޖޮއާއޯ ޕެޑްރޯ, ލިއާން ޑެލަމް, އެމަނުއެލް އެމެގާ, މާޚް ޖިއުގެ އިތުރުން ނިކޮލަސް ޖެކްސަން ހިމެނެއެވެ.