ޚަބަރު

ހުޅުލެއާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ


  • ހަވާ އަރުވާނީ މިރޭ 20:30ގައި

  • ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 3 މިނެޓަށް

ހުޅުލެއާ ދިމާ ބޭރުން މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިރޭ 20:30 ގައި ހުޅުލޭ އައިލެންޑް ހޮޓެލްއާ ދިމާ ބޭރުން ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށެވެ.

އެމްއެންޑީއެފްއިން މީގެ ކުރިންވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.