ޚަބަރު

30 ވަނަ އެމްބީއޭ ޗެންޕިއަންޝިޕް ފަށައިފި


  • އެމްބީއޭ ޗެންޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގައި 23 ޓީމަކުން ވާދަކުރޭ

  • އަންހެން ޑިވިޝަނުގައި ވާދަކުރަނީ 6 ޓީމެއް

  • މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒު އަދި ބާސްކެޓްބޯޅަ ޓްރޭނިންގ ސެންޓަރުގައި

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 30 ވަނަ އެމްބީއޭ ޗެންޕިއަންޝިޕު ފަށައިފިއެވެ.

މިމަހުގެ 4 އިން 22 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަ ގްރޫޕަކުން 23 ޓީމު ވާދަކުރާނެއެވެ. ގްރޫޕް އެކެއްގައި ވާދަކުރާ ޓީމުތަކަކީ ސްޕާޓަންސް، ފީނިކްސް ބާސްކެޓްބޯލް ކްލަބް، މަމްބާ ބާސްކެޓްބޯލް ކްލަބް އަދި ވައިކިންގްސްއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ޓީ ރެކްސް، އޮނި ސްޕޯޓްސް ކްލަބް، ލޭންސާސްގެ އިތުރުން ރައިނޯސް ބާސްކެޓްބޯލްއެވެ.

ގްރޫޕް ތިނެއްގައި ހިމެނެނީ ރެޑްވިންގްސް، ހުޅުމާލެ ސްޕޯޓްސް ކްލަބް، ހަރިކޭން ބީސީ އަދި ސޮނިކް ބާސްކެޓްބޯލް ކްލަބެވެ. ގްރޫޕް ހަތަރެއްގައި ކިންގްސް ބާސްކެޓްބޯލް ކްލަބް، އެލްކިއު ސްޕޯޓްސް ކްލަބް، އަންރޭންކްޑް ބާސްކެޓްބޯލްގެ އިތުރުން ޑްރެގަންސް ވާދަކުރާއިރު، ގްރޫޕް ފަހެއްގައި ހިމެނެނީ ނެޓްސް ބީސީ، ވެސްޓް އެންޑް ސްޕޯޓްސް ކްލަބް އަދި ވުލްވްސްއެވެ. ގްރޫޕް ހައެއްގައި ހިމެނެނީ ސްޓާ ސްޕޯޓްސް ކްލަބް އަދި ޓްރޯޖަންސް ބާސްކެޓްބޯލް ކްލަބެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ހަ ޓީމަކީ ސައިކްލޯން، ކުއީންސް، މިސްޓިކްސް ބާސްކެޓްބޯލް ކްލަބް، ސްޕާކްސް ބާސްކެޓްބޯލް ކްލަބް، ސްޓާސް ސްޕޯޓްސް ކްލަބް އަދި ކޮމެޓްސް ބާސްކެޓްބޯލް ކްލަބެވެ.

އެމްބީއޭ ޗެންޕިއަންޝިޕުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގެ އިތުރުން މާފަންނު ކުޅިވަރު އެކުވެނީގައި ހުންނަ ބާސްކެޓްބޯލް ޓްރޭނިންގ ސެންޓަރުގައެވެ.