ޚަބަރު

ދެކުނު އެފްރިކާއާ ދެކޮޅަށް އެންމެ ރަނގަޅަށް ނުކުޅެވުނު: ކޮރެއާ ކޯޗު


  • މިމެޗު ދެކުނު އެފްރިކާ ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ދެކުނު އެފްރިކާ އާއި ބައްދަލުކުރި މެޗުގައި ދެކުނު ކޮރެއާއަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށް އެޓީމުގެ ކޯޗު ހޮންގ މިޔުންގ ބޯ ބުނެފިއެވެ.

ދެކުނު އެފްރިކާ އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ދެކުނު ކޮރެއާގެ ކޯޗު ބުނީ މިމުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗާއި އަޅާބަލާއިރު މިމެޗުގައި މެދުތެރެއިން ކޮންމެވެސް ވަރަކަށް ގޯސް ހެދިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މެޗުގެ ބައެއް ވަގުތު ތަކުގައި ކުޅުންތެރިންގެ މެދުގައިއޮތް އަމިއްލަ އިތުބާރު ކޮންމެވެސް ވަރަކަށް ދައްވިކަން ފާހަގަވިކަމަށް އޭނާ ނުންޏެވެ.

މިމެޗުގައި ކެޕްޓަން ސޮން ހެއުންގ މިން މެޗު ފެށުމުގެ ބަދަލުގައި ފަހުން އެރުވީ އިދިކޮޅު ކުޅުންތެރިން ކުޑަކޮށް ވަރުބަލި ވެފައިވަނިކޮށް އެރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭރަށް ސޮން އަށް އިދިކޮޅު ޑިފެންސް ފޫއަލުވާލުމުގައި ފަސޭހަ ވާނެކަމަށް އޭނާއަށް ގަބޫލް ކުރެވުމުންކަމަށް ހޮންގ މިޔުންގ ބޯ ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. މިމެޗުގައި އޭނާގެ ހަލުވި ކުޅުންތެރިންގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިއީ އެޓީމަށް ފާޑު ކިޔާ ފަރާތްތަކަށް ދެވުނު ރަނގަޅު ޖަވާބެއް ކަމަށްވެސް ބްރޫސް ފާހަގަކުރިއެވެ.

ބްރޫސް ބުނީ އޭނާ އާއި މުޅި ޓީމުވެސް މިމުބާރާތަށް އައި ފުރަތަަމަ ބުރު ފަހަނަ އަޅާ ދިއުމުގެ އަޒުމާއެކު ކަމަށާއި އަދި މިނަތީޖާ އާއެކު މިކަން ހާސިލް ކުރެވުމުން ޓީމަށް ލިބިގެންދިޔަ ހިތްހަމަ ޖެހުން ވަރަށް ބޮޑު ކަމަށެވެ.